ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސިޑެންޓުގައި ނިޔާވީ ސައިކަލު ފަހަތުގައި ހުރި މީހާ، ދުއްވަން އިން މީހާ ވަނީ ފިލާފައި!

އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވީ އޭޑީކޭގައި ފަރުވާދެމުންދަނިކޮށް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ހާދިސާގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށް ފުލުހުން ބުނީ، ނިޔާވެފައި ވަނީ މާލޭގެ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހެއް ކަމަށެވެ. ނިޔާވެފައި ވަނީ ސައިކަލްގެ ފަހަތުގައި އިން މީހާއެވެ. އޭނާ ނިޔާވީ ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެނިކޮށެވެ.

ފުލުހުން ބުނީ، އެކްސިޑެންޓު ވުމުން ސައިކަލު ދުއްވަން އިންމީހާ ފިލާފައިވާ ކަމަށެވެ.

މި އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓު ކުރީ މިރޭ 10:00 ގައެވެ.

މިއެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 76%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބާއްވާފައޮތް ގާޑިއަލެއްގަ ދުއްވާފަދިޔަ ސައިކަލެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: