ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފޭސް 1ގައި 2ގައި ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އަޅަނީ

ފޮޓޯ_ޕީއެސްއެމް ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ފޭސް 1 ގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސް އަޅަން ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި ރެސިޑެންޝަލް ކޮމްޕްލެކްސް އަޅަން ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެ ސަރަހައްދެއްގައެވެ. އެގޮތުން ހުޅުމާލެ ފޭސް 1 ޕްލޮޓް ނަންބަރު S1/1 ގެ އިތުރުން ހުޅުމާލެ ފޭސް 1 ޕްލޮޓް ނަންބަރު S4/1 ގައި މި ރެސިޑެންޝަލް ކޮމްޕްލެކްސް އަޅަންވަނީ ހަމަޖެފައެވެ.

މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި އެކި ފަންތީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ކުރަމުން ދާ މަސައްކަތްތަކުގެ ތެރެއިން އާރްއެފްޕީއަށް ހުޅުވާލި ޕްރޮޖެކްޓް ތަކެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ޖުމްލަ 24،098.22 އަކަފޫޓު ހުންނަ މި ބިމުގައި 116 ޔުނިޓް އިމާރާތް ކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން އިތުރަށް ބުނެފައި ވަނީ މި ޔުނިޓް ތަކުގެ ތެރެއިން 78 ޔުނިޓަކީ އެއްބަސްވުމުގައި ވާގޮތުން ޕްރައިޒް ކެޕް ކުރެވި އެންމެ ބޮޑު އަގެއްގެ ގޮތުގައި އަކަފޫޓަކަށް 1،800 ދިވެހި ރުފިޔާ ނެގުމަށް ކަނޑައެޅިފައި ވާ ޔުނިޓް ތަކެއް ކަމަށާ، ބާކީ 38 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައަޅާފައި ވާ ޔުނިޓްތަކެއް ކަމަށެވެ. ބާކީ 38 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައަޅާފައި ވާ ޔުނިޓްތަކެއް ކަމަށް އެޗްޑީސީން ބުނެއެވެ. މި ރެސިޑެންޝަލް އިމާރާތްކޮށް ވިއްކުމަށް ހަމޖެހިފައިވަނީ ރަޝީދު ކާޕެންޓްރީ ކޮންސްޓްތަކްޝަނާ އެކުއެވެ.

ހުޅުމާލެ ފޭސް 1 ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 2 ވަނަ ރެސިޑެންޝަލް ކޮމްޕްލެކްސް ގައި އިމާރާތްކޮށް ވިއްކުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައި ވާކަމަށް އެޗްޑީސީން ބުނެއެވެ. ޖުމްލަ 26،969.06 އަކަފޫޓު ހުންނަ މި ބިމުގައި އިމާރާތް ކުރުމަށް ނިންމާފައިވަނީ 103 ޔުނިޓްކަމަށް އެޗްޑީސީންވަނީ ހާމަކޮށްފައެވެ. އެޗްޑީސީން ބުނީ މި ޔުނިޓްތަކުގެ ތެރެއިން 61 ޔުނިޓަކީ އެއްބަސްވުމުގައި ވާގޮތުން ޕްރައިޒް ކެޕް ކުރެވި އެންމެ ބޮޑު އަގެއްގެ ގޮތުގައި އަކަފޫޓަކަށް ޖީއެސްޓީއާ ނުލައި 1،987.23 ދިވެހި ރުފިޔާ ނެގުމަށް ކަނޑައެޅިފައިވާ ޔުނިޓްތައް ކަމަށެވެ. އަދި ބާކީ 42 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައަޅާފައި ވާ ޔުނިޓްތަކެއް ކަމަށް އެޗްޑީސީންވަނީ ހާމަކޮށްފައެވެ.

މި މަޝްރޫއުގެ ޑީޓެއިލް ކުރެހުން ފާސްވާދުވަހުން ފެށިގެން 36 މަސްދުވަހުގެތެރޭގައި މަސައްކަތް ނިންމަން ހޖެހޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: