ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޕީޖީގެ އިސް މަގާމުތަކަށް ބަދަލު ގެނެސްފި

އެމްއެންޑީއެފްއިން ބޭއްވި ހަފްލާއެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އެމްއެންޑީއެފްގެ އިސް ފަރާތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ކޮމާންޑަރުން ބަދަލު ކޮށްފިއެވެ.

އެގޮތުން އެސްޕީޖީގެ ކޮމާންޑަރުގެ މަގާމަށް މިހާރު ވަނީ ކާނަލް އަބްދުލް މުއިއްޒު އައްޔަންކޮށްފައެވެ. އަދި ޑެޕިއުޓީ ކޮމާންޑަރަކަށް ވަނީ މޭޖާ މޫސާ ރަމީޒު އައްޔަންކޮށްފައެވެ. އެސްޕީޖީ އަކީ ސިފައިންގެ ތެރޭގައި އޮންނަ ހަށިފާރަވެރިންގެ ޔުނިޓެވެ.

ހަމައެއާއެކު އެސްޕީޖީގެ ފަސްޓް ސާޖަންޓްގެ ގޮތުގައި އަބްދުﷲ ޖަމީލު ވަނީ ހަމަޖައްސާފައެވެ.

އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކޮށްފައި މިވަނީ، އެ ގްރޫޕުން ސެކިއުރިޓީ ފޯރުކޮށްދޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އަވާހަރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދީފައި ވަނިކޮށެވެ. އަދި އެ ހަމަލާއާ ގުޅުވައިގެން ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމުގައި އެމްއެންޑީއެފް އަށް ގޯސްތަކެއް ހެދިފައިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: