ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިއްފުށްޓަށް އުދަ އަރާތީ ކުއްލި މައްސަލައެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ދިއްފުއްޓަށް ހުއްޓުމެއް ނެތި އުދަ އަރާ މައްސަލައިގައި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އޮންލައިންކޮށް މިިއަދު ކުރިއަށް ގެންދިޔަ ޖަލްސާގައި ނަސީމް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަނަ ފެންނަ ކަމަށް 21 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ނުފެންނަ ކަމަށް 11 މެމްބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ހަތް މެމްބަރަކު ވޯޓު ނުދެއްވަ އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނަސީމް ވިދާޅުވީ ޒަމާނުއްސުރެ މޫސުމީ ގޮތުން އަހަރުގެ ކޮންވެސް ހިސާބެއްގައި ދިއްފުއްޓަށް އުދައަރަމުން ދާ ކަމަށެވެ. އަދި 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގެ ކާރިސާގައި ދިއްފުއްޓަށް އެރި ލޮނުގަނޑު ފައިބައިގެން ދިޔުމާއެކު ރަށުގެ ހުޅަނގު ފަރާތުގެ އަތިރިމަތީގެ ފަސްގަނޑު އާދަޔާ ހިލާފަށް ތިރިވެ ކުރިއަށްވުރެ ބޮޑަށް އުދަ އެރުމުގެ މައްސަލަ ދިމާވެފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން ދިއްފުށި ކައިރިން ހިއްކައިގެން އިތުރު ރަށްތަކެއް ތަރައްގީ ކުރަން ފެށި ފަހުން އުދަ އެރުން އިންތިހާއަށް ބޮޑުވެގެން ދިޔަ ކަމަށް ނަސީމް ވިދާޅުވި އެވެ.

ނަސީމްގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ފާއިތުވި ތިން ހަފްތާގައި މެދުކެނޑުމެއްނެތި އުދަ އެރުމާއި އަދި ހާއްސަކޮށް ނިމިގެން ދިޔަ ހަފްތާގައި އުދަ އެރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވުމެވެ.

”ދުވާލުގެ ބާރަ ގަޑިއިރުގެ ތެރެއިން ގާތްގަނޑަކަށް ހައެއްކަ ގަޑިއިރު ވަންދެން 80 ޕަސެންޓް އޮތީ ފެނު އަޑީގައިކަން ފާހަގަކޮށް މިކަމަކީ މިހާރުން މިހާރަށް ވަގުތުން ވަގުތަށް އަވަސް ހައްލެއް ބޭނުންވާ ކަމެއް ކަން ދިއްފުށީގެ ރައްޔިތުން ދެކޭ“ ނަސީމް ވިދާޅުވި އެވެ.

އެހެން ކަމުން ނަސީމް އެދިވަޑައިގެންނެވި ވީ އެންމެ އަވަހަކަށް ދިއްފުއްޓަށް ދިމާވެފައިވާ އުދައެރުމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: