ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހި މީހުންގެ އަދަދު 150،000 އަށްވުރެ މަށްޗަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑް ދިފާއު ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދުު 166،490 އަރައިފިއެވެ.

އެގޮތުން އިއްޔެ ރާއްޖޭގައި 1،309 މީހަކު ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ދިފާއު ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާފައި ވެއެވެ. އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް 371 މީހަކު ވަނީ ޖަހާފައެވެ.

އިއްޔެ ވެކްސިން ޖެހި މީހުންގެ ތެރެއިން އަތޮޅުތެރޭން ވެކްސިންގެ ފުރަތަމަ ޑޯޒް 228 މީހުން ވަނީ ޖަހާފައެވެ. މާލެ ސަރަހައްދުން ވެކްސިންގެ. ފުރަތަމަ ޑޯޒް ޖަހާފައިވަނީ 143 މީހެކެވެ.

އިއްޔެ އަތޮޅު ތެރޭން 848 މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. މާލެ ސަރަހައްދުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 461 މީހެކެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދޭ ހަތަރު މޮބައިލް ޓީމެއް މާލެ ސަރަހައްދުގައި ހަރަކާތްތެރި ވެއެވެ.

މީގެއިތުރުން އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރެއްގައި ވެކްސިން ދެމުން ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: