ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ގެއްލުމެއް ދޭން އުޅޭކަން އެނގޭނަމަ މާރިޔާ މަޑަކުން ނުހުންނާނެ: ރީކޯ މޫސަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަައްމަދު ނަޝީދަށް ގެއްލުމެއް ދޭން ބަޔަކު އުޅޭކަން މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަށް އެނގިވަޑައިގެންނެވިނަމަ، އެކަމާއި އަޅާ ނުލައި މަޑުން ނުހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް، މިދިޔަ މޭއި 06 ގައި ދިން ހަމަލައާއި ގުޅިގެން، ތަފާތު އެކި ގޮތްގޮތުން ދަނީ ވާހަކަތައް ދެކެވެމުންނެވެ. މައްސަލައިގެ ތުހުމަތަށް މިހާތަނަށް 04 މީހަކު ހައްުޔަރުކޮށްފައިވާއިރު އެ މީހުން ގުޅެނީ ހަރުކަށި ފިކުރާއިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިއީ ރައީސް ނަޝީދަށް ފާރަލައި، ޖާސޫސްކޮށް ދުރާލައި ރާވައިގެން ހިންގި އަމަލެއްގެ ގޮތުގައި ބެލެވޭއިރު އެމަނިކުފާނަށް ތާއީދު ކުރާ ގިނަ ބަޔަކު ދަނީ މިއީ އިންޓެލް ފެއިލިއާކަށް ވުރެ ބޮޑަށް ދައުލަތުގެ މުވައްސަސާތަކުގެ އިހުމާލެއްގެ ގޮތުގައި ބުނަމުންނެވެ. ހާއްސަކޮށް 03 މިލިއަން ރުފިޔާއަށް ރައީސް ނަޝީދުގެ ފުރާނަ ދުއްވާލުމަށް ބަޔަކު ރާވަމުންދާތީ އެކަމުގެ މައުލޫމާތު އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވެސް އަރުވާފައިވާކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އެހެންވެ، މި ހަމަލާއާއި ގުޅިގެން އެމްޑީޕީ ބައެއް މެމްބަރުންގެ އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައިވާ އެއް ފަރާތަކީ މާރިޔާއެވެ. ނަމަވެސް، މިހާތަނަށް ޕާޓީގެ ލީޑާޝިޕްގެ ލެވެލް، ނުވަތަ މަޖިލީހުގެ މެމްބަރެއް އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި ނުވެއެވެ.

މާރިޔާއަށް އަމާޒު ކުރާ ފާޑުކިއުންތަކަށް “ސަންގު ޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްވަމުން މޫސަ ވިދާޅުވީ، މިނިސްޓަރ މާރިޔާއާއި ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ކިރިޔާވެސް ފަހުމެއް ވެގެން ރައީސް ނަޝީދަށް ގެއްލުމެއް ވާކަށް ނޭދޭނެ ކަން ސަތޭކަ އިންސައްތަ ޔަގީންވާ ކަމަށެވެ. 8 ފެބްރުއަރީގައި ކުރި ބަޣާވާތަށް އިޝާރާތް ކުރައްވަމުން މޫސަ ވިދާޅުވީ އެ ދުވަހު، ފުލުހުންގެ އަނިޔާތަކުން ރައީސް ނަޝީދުގެ ހަށިކޮޅު ސަލާމަތްވީ މާރިޔާގެ ސަބަބުން ކަމަށެވެ. އެދުވަހު ރައީސް ނަޝީދަށް އެތަނުން ވަޑައިގެންނެވުނީ މާރިޔާ އާއި ހެދި ކަންވެސް ރީކޯ ވަނީ ފާހަގަކުރައްވައިފަ އެވެ.

މޫސަ ވަނީ ރައީސް ނަޝީދަށް ބަޔަކު ހަމަލާއެއް ދޭން އުޅޭކަން ކިރިޔާ ވެސް މާރިޔާއަށް އެނގިވަޑައިގެންފައި އޮތް ނަމަ އެކަމަށް ފިޔަވަޅު ނާޅައި ނުހުންނާނެކަމަށް ތަކުރާރު ކުރައްވާފަ އެވެ.

ސިޔާސީ ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް، ރައީސް ނަޝީދަށް ގެއްލުމެއް ލިބޭކަށް މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް ވެސް ބޭނުންފުޅު ނުވާނެ ކަންވެސް މޫސަ ވަނީ އޭނާގެ ވާހަކައިގައި ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން މޫސަ ވަނީ ރާއްޖޭގައި ހިންގާ އެެފަދަ ބޮޑެތި ކުށްތަކުގެ ތެރެއަށް ސިޔާސީ ކަންކަން ވައްދަން ހަދައިގެން، އެތަނުން އެއްވެސް ކަމެއްގެ ހަގީގަތެއް ނުހޯދޭ ކަމަށްވެސް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޒިންމާއަކީ ގާނޫނު ހެދުން ކަން ފާހަގަކުރައްވަމުން މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އަމިއްލައަށް ތަހްގީގު ހިންގެވިދާނެ ކަމަށާއި، ނަމަވެސް ހިންގޭ ތަހްގީގުތަކުގެ ތެރެއަށް ނުވަދެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން މިއަދު ގަބޫލުކުރަނީ ތަހްގީގު ކޮށްގެން ހުރިހާ މައްސަލައެއްވެސް ބެލޭނެ ކަމަށް ކަން ވެސް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މޫސަ ވަނީ މިހާރު ސޮފްޓްވެޔާތައް ގޮތަށް ރައްޔިތުންގެ މަޖިލިސް ވެސް އަޕްޑޭޓް ވަންޏާ ދެން ކުރާނެ އިތުރުކަމެއްވެސް ނެތް ކަމަށް ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަކަށް ދިވެހި ސިފައިންނާއި ފުލުހުން ގޯސްކޮށްފަކައެއް އެއްވެސް ވާހަކައެއް ނުދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ، އިންޓެލްގެ ވާހަކަތައް ދައްކާއިރު އެ މުވައްސަސާގެ އަގުވައްޓައި ވާހަކަ ދެއްކީ ކޮން ބައެއްތޯ ބަލަން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މޫސަވިދާޅުވިޔަސް އެއީހަމަ ވަރަށް ބޮޑު ޙަޤީޤަތެއް މާރިޔާދީދީ ހަމަހިމޭނުން ނުހުންނަވާނޭ ރައީސް ނަޝީދަށް އެއްވެސް ބާވަތަކުން ހަމަލާއެއް ދިފާނެކަން އެނގިވަޑައިގެން. އެއީ ވަރަށް ބޮޑުތެދުފުޅެއް! މާރިޔާދީދީ އަށް އެއްގޮތަކަށްވެސް ކެތެއްނުކުރެވޭނެ. އަދިފުލުހުންގެ އިސްވެރިޔާވެސް ނުހުންނަނަވާނެ ހަމަހިމޭނުން. ރައީސް ނަޝިދަށްއަޅާ ކޮންމެ ވީނެއްގެ އިޙްސާސްތަކާ މާރިޔާއާއި ގުޅިފައިވާނެފަދަ. މޫސަޔަށް އެވިދާޅުވީ ތެދުބަސްފުޅެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: