ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްމަޓީ ބޭނުންވަނީ ބޭސްފަރުވާގެ ފުރުސަތު، ބަންދަށް އަށް ދުވަސް!

ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށްފައިސާ ނެގި، ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އައްމަޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެހި އެތައް ރައްޔިތެއްގެ އަތުން ފައިސާ ނަގައި، ފްލެޓު އަޅައިދޭނެކަމަށް ބުނެ ހިޔާނާތްތެރިވި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ ބަންދަށް ކްރިމިނަލް ކޯޓުން އަށް ދުވަސް ޖަހައިފި އެވެ.

ހުޅުމާލޭގައި ބޮޑު ސަރަހައްދެއްގައި ފްލެޓު އެޅުމުގެ މަޝްރޫއެއް ހިންގުމަށްޓަކައި ސީލައިފް ކުންފުނިން ވަނީ 203 މީހެއްގެ އަތުން ފައިސާ ނަގާފަ އެވެ. އެ ކުންފުނިން ގިނަ ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި 50،000 ރ. ނަގާފައިވާއިރު، ބައެއް ފަރާތް ތަކުން ފްލެޓަށް ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓުގެ ގާތްގަނޑަކަށް 600،000 ރ. ވެސް ނަގާފައި ވެ އެވެ. ނަމަވެސް އެ ކުންފުނިން ފްލެޓު އަޅާ ސަރަހައްދު ކޮނެލުން ފިޔަވައި އިތުރު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

18 އޭޕްރިލް 2019 ގައި ދިވެހި ސަރުކާރުން އޭނާ ހޯދުމަށްޓަކާ އޮތީ އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެފަ އެވެ. އޭރު ފައިސާއަށް ހިޔާނާތްވުމަށްފަހު އައްމަޓީ ފިލައިގެން ގޮސް އުޅުނީ އަވައްޓެރި ސްރީލަންކާގައެވެ. އެއަށްފަހު މި އަހަރުގެ ފެބްރުއަރީ ތެރޭގައި އައްމަޓީ ލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެވުނެވެ. ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކޮށް، ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން އައްމަޓީ ބަންދުގައި ބަހައްޓައި ދިނުމަށެވެ. އެހެން ނަމަވެސް، މުއްދަތު މަޖިލީހުގައި އިންނެވި ގާޒީ އާދަމް މުހައްމަދު ނިންމެވީ ބަންދުގެ ގޮތުގައި 08 ދުވަސް އިތުރު ކުރުމަށެވެ.

ގާޒީ އާދަމް މުހައްމަދު ވިދާޅުވީ އައްމަޓީގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، ހެއްކާއި ގަރީނާތައް ވަޒަންކޮށް ޝަރީއަތް ނިމެންދެން ބަންދު ކުރުމާއި މެދު ގޮތެއް ނިންމަވާނީ ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީކަމަށެވެ.

މުއްދަތު މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އެދި އައްމަޓީ ބުނީ އޭނާގެ ސިއްހީ ހާލަތު ގޯސްވެފައިވާތީ ބޭސްފަރުވާގެ ފުރުސަތު ބޭނުންވާކަމަށެވެ. އަދި އެކަމަށް އެދުމުން ވެސް އިންތިޒާމުތައް ހަމަޖެހިފައިނުވާތީ އެ މައްސަލަ ބެއްލެވުމަށް އޭނާ ބުންޏެވެ. އެހެންވެ، ގާޒީ ވަނީ އައްމަޓީގެ ބޭސްފަރުވާގެ ކަންކަން ހަަމަޖެއްސުމަށް ދައުލަތާއި އައިއޯއަށް އަންގާފަ އެވެ.

އައްމަޓީގެ މައްޗަށް ހިޔާނާތްވުމުގެ 42 ދައުވާއެއް އުފުލައި، ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 30 ގައެވެ. މި ހުރިހާ ދައުވާއެއް އައްމަޓީގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް މަދުވެގެން 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓުން އެނގެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 67%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: