ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސަގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލައި ކޯޓަށް!

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސަގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

އީސަގެ މައްޗަށް ހުށަހަޅާފައިވަނީ ޤާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ އުވާ ކުރުމަށެވެ.

އީސައާއި ގުޅޭގޮތުން ފުލުހުން ތަހުގީގުކޮށްފައިވަނީ، އޭނާގެ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމަށް ދެ ބޭފުޅުންގެ ދޮޅު އަހަރުގެ ތުއްތު ދަރިފުޅުގެ ކުރިމަތީ އަނިޔާ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެކެވެ. އަސްރާއަށް އީސަ ގެވެށި އަނިޔާ ކުރިކަމުގެ ތުހުމަތު ކުރެވޭ މި މައްސަލައިގައި، އޭނާގެ މައްޗަށް ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވެފައިވާއިރު، އޭނާ މި ތުހުމަތުތަކަށް އިންކާރު ކުރެއެވެ.

މިދިޔަ މަހުގެ 19 ގައި އީސައާއި ދެކޮޅަށް ގެވެށި އަނިޔާގެ މައްސަލައެއް ހުށަހަޅައި އަސްރާ ވަނީ ބަޔާނެއް ވެސް ދީފައެވެ. އަދި ސޯޝަލް މީޑިއާގައި އެ ތުހުމަތުތަކަށް އެކި ގޮތްގޮތުން ވާހަކަތައް ވެސް ދެކެވުނެވެ.

އީސަގެ މައްޗަށް ދައުވާކުރުމަށް ޕީޖީން ކޯޓަށް ފޮނުވިއިރު، އަސްރާ އޮތީ ދެ ބޭފުޅުންގެ ތުއްތު ދަރިފުޅުގެ ހައްގުގައި އެ މައްސަލަ އިތުރަށް ކުރިޔަށް ނުގެންދިއުމަށް އެދި ހުށަހަޅާފައެވެ. އެހެން ނަމަވެސް، ފުލުހުން ބުނީ ޖިނާއީ މައްސަލަތައް އެއްވެސް މީހެއްގެ އެދުމަށް އަނބުރާ ނުގެންދެވޭނެ ކަމަށެވެ.

ޕަބްލިކް ޕްރޮސެކިއުޓާރ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، އީސަގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ދައުވާ ކަމަށެވެ. މިއީ ޖުނަހްގެ ދެވަނަ ދަރަޖައިގެ ކުށެކެވެ. އަދި ކުށުގެ އަދަބަކީ، 06 މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމެވެ. ނުވަތަ 24،000 ރުފިޔާއިން ޖުރިމަނާ ކުރުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނީ އެ މެމްބަރެއްގެ މައްޗަށް، އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފި ނަމަ އެވެ. އެހެންވެ، އީސަގެ މައްޗަށް މި ދައުވާ ސާބިތު ވިޔަސް އޭނާގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: