ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާއާއި އެކު އަޅުގަނޑުގެ ދުލުން ބޭރުވީ ޝަހާދަތުގެ ދެކަލިމަ: ރައީސް ނަޝީދު

ރައީސް ނަޝީދުގެ ބޮލަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯއެއް/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަރުގެ ތުންފަތްމައްޗަށްލައި، އަމާޒުކުރި ހަމަލާގައި ވެސް ދުލުން ބޭރުވީ ހަމައެކަނި ބަހަކީ ޝަހާދަތުގެ ދެކަލިމަކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، “ލާދީނީއަށް ގޮވުން: އަނގަހުތުރުވުން” ގެ ދަށުން އާއްމު ކުރެއްވި ބަޔާނެއްގައެވެ.

ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް ބަޔާނެއް އާއްމު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ބައެއް މީހުންގެ ނަޒަރުގައި ވަކި މީހަކީ އެއީ ލާދީނީ މީހެއްގެ ގޮތުގައި ސިފަކޮށް ވާހަކަތައް ދެއްކޭނެ ކަމަށެވެ. އަދި އެއީ ހާއްސަކޮށް އެ މީހާއަކީ އެހެން މީހެއްގެ ނަޒަރުގައި އިސްލާމް ދީނުގެ އުސޫލުތަކާއި ހިލާފަށް އުޅޭ މީހެއްކަމަށް ގަބޫލު ކުރާނަަމަ އެ އަޑުތައް ގަދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސޯޝަލް މީީޑިއާގައި ހުއްޓުމެއް ނެތި ކުރިޔަށްދާ ބަހުސްއާއި ގުޅިގެން އާއްމު ކުރި ބަޔާނުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ދާދިފަހުން އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަރުގެ ތުންފަތްމައްޗަށް ދިޔަ ކަމަށެވެ. އަދި އެހިނދު ހިތަށް ވަދެ ދުލުން ބޭރުވަމުން ދިޔައީ ހަމައެކަނި ޝަހާދަތުގެ ދެކަލިމައިގެ ބަސްތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ދާދި ފަހުން އަޅުގަޑާއި ދިމާވި ހާދިސާއެއްގައި، އަނެއްކާވެސް އަޅުގަޑު މަރުގެ ތުންފަތް މައްޗައް ދިޔައެވެ. ވަރަށް ރަގަޅަށް ހަދާން ވާގޮތުގައި އެހިދުގައި އަޅުގަޑުގެ ހިތައްވަދެ އަދި ދުލުން ކިޔަމުން ގެންދެވުނު ބަސްތަކަކީ ޝަހާދަތުގެ ދެކަލިމައިގެ ބަސްތަކެވެ. މާތް ﷲ ވޮޑިގެން ވާކަމާއި އަދި އެކަލާނގެ މީސްތަކުންނަށް ހެޔޮމަގު ދެއްކެވުމަށް މުހަންމަދުގެފާނު މިދުނިޔެއަށް ފޮނުއްވި ކަން ވަރަށް ފުރިހަމައަށް ޤަބޫލް ކުރެވޭ ކަމުގެ ތަސައްވަރާއި އަދި ބަސްތަކެވެ.” ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ ލާދީނީ މީހެއްކަމަށް ބުނުމުގެ ހައްގު އޮނަންޖެހޭނެ ކަމަށް އެތައް ބަޔަކު ގަބޫލު ކުރާ ކަމަށެވެ. އެހެން ނަމަވެސް ކަނޑައެޅިގެން އިސްލާމެއްކަމަށް ދެކި ހުއްޓައި އެމަނިކުފާނަށް އަމާޒުކޮށް ލާދީނީ މީހެއްކަމަށް ލޭބަލް ކުރުމަށް ބޭނުންފުޅުނުވާކަމަށް ވިދާޅުވިއެވެ.

“އަޅުގަޑުގެ ނަސީބު ގަދައީއެވެ. މިފަދަ ސާފު ސާދާ ގޮތުގައި އީމާން ތެރިކަން އިހުނަށްވުރެ ވަރުގަދަވުމަށް މާތް ﷲ އަނެއްކާވެސް މެދުވެރި ކުރެއްވީއެވެ. އެހެން ނަމަވެސް އަޅުގަޑަކީވެސް ލާދީނީ މީހެއްކަމަށް ބުނުމުގެ ހައްޤު އެހެން މީހުނަށް އޮންނާން ޖެހޭނެ ކަމަށް އެތައްބަޔަކު އެބަދެކެއެވެ. މި މައްސަލާގައި އަޅުގަޑު ދެކޭގޮތް އެހާ މުހިންމެއްނޫނެވެ. އަޅުގަޑަކީ ކަނޑައެޅިގެން އިސްލާމެއް ކަމަށް އަޅުގަޑު ދެކި ހުރިއިރު، އަޅުގަޑަކީ ލާދީނީ މީހެއް ކަމަށް ބުނުމަށް އަޅުގަޑަކު ނުއެދޭނެ ތާއެވެ. ސުވާލަކީ އަނެއްމީހާ އަޅުގަޑާއި ދިމާއަށް އެފަދަ ބަސްތަކެއް ރައްދު ކުރާން ބޭނުންވާ ސަބަބާއި ގުޅޭ ގޮތުން އުފެދޭ ސުވާލެވެ. އޭނާގެ ނަޒަރުގައި އަޅުގަޑު ގޯހީއެވެ.” ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ބައެއް މީހުންގެ ބޭނުމަކީ، އެމަނިކުފާނާއި މެދު އެހެން މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުން ކަމަށެވެ. ނުވަތަ ދައްކާ ވާހަކައެއް އެއީ އިސްލާމްދީނާއި ހިލާފުކަމެއްގެ ގޮތުގައި ސިފަކޮށް، ދީނުގެ ދިފާއުގައި އެމަނިކުފާނު ގޯސް ކުރަނީ ކަމަށެވެ.

“އެގޯސް އެނާ ފާހަގަ ކުރާން އެދިދާނެ ދެ ގޮތެއް ވިސްނެއެވެ. އިސްލާމްދީން ޤަބޫލް ކުރާއެހެން މީހުންގެ ހިތްތަކުގައި އަޅުގަޑާއި މެދު ނަފްރަތު އުފެއްދުމެވެ. ނުވަތަ އަޅުގަޑުގެ ސަބަބުން ޖުމްލަ ގޮތެއްގައި އިސްލާމް ދީނަށް ގެއްލުން ވާކަމުން، އިސްލާމް ދީނުގެ ދިފާއުގައި އަޅުގަޑުގެ ގޯސް އޭނާ ފާހަގަ ކުރަނީއެވެ.” ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން މި ރާއްޖޭގައި އިސްލާމްދީނާއި ހިލާފު އެއްވެސްކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމުގައި ފުރިހަމައަށް ކަނޑައަޅާފައިވާކަމަށެވެ. އެހެން ކަމުން ދިވެހި މި އުންމަތަކީ ނަމާދު ކޮށް ރޯދަ ހިފާ ޒަކާތް ދިނުމަަށް ފުރިހަމައަށް ބޯލަނބާ ގާތް ތިމާގެ މީހުންނާއި އަވައްޓެރިން، އަދި އެންމެހާ މީސްތަކުންނަށް ހެޔޮކޮށް ހިތާ ބައެއްގެ ގޮތުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ހުކޫމަތު ބިނާވެފައި ވަނީ އިސްލާމް ދީނުގެ އަސްލު ތަކާއި ހަމަތަކުގެ މަތީންކަމަށްވާއިރު، ރައީސް ނަޝީދު ވިދާޅުވީ މީހަކު ލާދީނީ ވެއްޖެ ނަމަ އެމީހެއްގެ މައްޗަށް ދިވެހި ގާނޫނު ހިންގޭނެ ކަމަށެވެ.

“އިސްލާމް ދީނުގެ ދިފާއުގައި ތެދުވަނީ ދިވެހި ދައުލަތެވެ. މި ދައުލަތް ރޭވި ފައިވާ ގޮތުގައި ދިވެހިދައުލަތުގެ ފަރާތުން ވަކި ފަރުދުން ކުރާންޖެހޭ ކަންތައްތަކެއް ހުރެއެވެ. ވަކި މީހަކީ ލާދީނީ މީހެއްކަމަށް ބުނުމަކީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރުމެވެ.” ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ އެއްވެސް ދިވެހި ރައްޔަތެއްގެ އެނގުމާއި ފެނުމުގެ ތެރެއިން، އެހެން އެއްވެސް މީހެއް ގާނޫނާއި ހިލާފު ވާނަމަ، އެ ރައްޔިތެއްގެ ވާޖިބަކީ، އެކަމެއް ދިވެހި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް އެންގުން ކަމަށެވެ.

ލާދީނީ ބަސް މީހަކަށް އަމާޒު ކުރަނީ، އެހެން މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ވައްކަން ކުރީމާ ވަގަށް ގޮވޭ ހަމައިގައި އިސްލާ ދީނާ ހިލާފް ވީމާ ލާދީނީ ކަމަށް ބުނެވޭން ޖެހެއެވެ……………. އަޅުގަނޑު މަންމަ ކިޔާދިން ވަހަކައެއްގައި މަންމަ ބުނާ ގޮތުގައި ގަލޮޅުގަ ވެސް ވަކި ހިސާބެއްގައި ވަރަށް ގިނަ ހުތުރު އެއްޗެތި ކިޔާ މީހުން އުޅެއެވެ. މަންމަ ގާތުގައި، މަންމަގެ މާމަ، ކިޔާދީފައި އޮންނަ ހުތުރު ބަސްތަކެއް އޮވެއެވެ…….***ގެ ފަގުޑި އަޅުއްވާ ހުންނަވާ އިންސާނާ މިހިސާބަށް ދިޔާމާ، ދެން ދަންނަވާނެ އިތުރު ވާހަކައެއް ނެތެވެ.” ރައީސް ނަޝީދު

ގާނޫނުލްއުގޫބާތަށް އަލަށް ގެންނަ އިސްލާހެއްގެ ގޮތުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ސްޕޮންސާރ ކުރައްވާފައިވާ އިސްލާހަކީ ދީނީ އެއްބައިވަންތަކަން ދަމަހައްޓައި، ނަފްރަތު އުފެދޭ ވާހަކަތައް ހުއްޓުމުގެ މަގްސަދުގައި ހުށަހަޅާ އިސްލާހެކެވެ. އޭގެ ކުރިން ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް އެޓާނީ ޖެނެރަލް އޮފީހުން ރައީސް އޮފީހަށް ހުށަހެޅި އެވެ. އަދި މަޖިލީހުގައި އެކަމަށް ބަހުސް ކުރިއިރު، ގިނަ މެމްބަރުން ވަނީ މީހުންނާއި މެދު ނަފްރަތު އުފައްދައި “ލާދީނީ” ޓެގު އެޅުވުން އާއްމުކަމަކަށް ހަދާފައިވާ ކަމަށެވެ.

އެއަށްފަހު ހިސާބް ހުށަހެޅުއްވި ބިލުގައި ވަނީ، މީހުންނާއި މެދު ނަފްރަތުގެ ބަސްތައް ބޭނުން ކުރުން ހުއްޓުވުމަކަށް ގެނައުމަށެވެ. އިސްލާހުގައި، އާންމު ތަނެއްގައި ވަކި މީހަކީ އެއީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ބުނެ ވާހަކަ ދެއްކުމާއި، އޭނާގެ އިސްލާމީ އަގީދާއާ ގުޅުވައި ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމެއްގެ ގިތުގައި ހުރި މީހަކު، ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި އެފަދަ އަމަލެއްގައި ބައިވެރިވުމަކީ ކުށެކެެވެ.

ހިސާން ވަނީ މީހާ ތާއީދު ކުރާ ވަކި ސިޔާސީ ފިކުރެއްގެ ސަބަބުން، ނުވަތަ އޭނާ ފާޅުކުރާ ހިޔާލެއްގެ ސަބަބުން އޭނާއަށް ޖިސްމާނީ އަނިޔާއެއް ދޭން ގޮވާލުމާއި، އަނިޔާއެއް ދިނުން ނުވަތަ ދޭން މަސައްކަތް ކުރުމާއި، އެފަދަ އަމަލެއް ރޭވުން ވެސް ކުށެއްގެ ގޮތުގައި ހަދަން ހުށަހަޅާފަ އެވެ. އިސްލާހުގައި ވާ ގޮތުގައި މިއީ ޖިނާޔަތުގެ ހަތަރެއް އަދި ފަސް ވަނަ ދަރަޖައިގެ ކުށެކެވެ. އެއީ ކުށް ސާބިތުވެއްޖެނަމަ، ދެ އަހަރާއި ހަތަރު އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ވަރުގެ ކުށެކެވެ.

ވަރަށް ގަދަ
61%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 0%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ތެދަކަށ ވެއްެޖެނަ އަލްހަމްދ ލިއްލާހި.
    ދޮގެއް ނޫނީދުލުންބޭރ ނުކުރާ މީހެއް
    އިސްލާމ ކަމެއް ކުރަނީ ވެސް ސޯޝަލ މީޑިއާއަށ އަރުވަނ.

  2. ހިޔާލަކީ ތިކަމަކީ ކޮމެހެން ވެސް ދިވެހި ގާނޫނުގާ ގާނޫނެއްގެސިފާގާ ލިޔެވިފާ ވާންޖެހޭ އެއްޗެއް އެކަމަކު ކިތައްމެ ރަގަޅައް ތިމަސައްކަތް ކުރިނަމަވެސް ތިގާނޫނުތައް މުގުރާ އަޅާނެބަޔެއް މިރާޖޭގާ އިބަތިބި އެމީހުން ފުރުސަތަކައް ބަލަބަލާ އެތިބީ ހަމަ ފުރުސަތެއް ލިބޭއިރައް އައިސް ރައީސް ނަސީދު ދުނިޔޭގާ ހުރިއްޔާ ނަސީދު ބޮލުގާ އެކަން އަޅުވާ އެފަކީރު ޖަލައް ލާނެކަން ޔަގީން ކަށަވަރު…

  3. މަދައްކާކަށް ވާހަކައެއް ނެތް ހުރިހާ ކަމެއް ދެނެވޮޑިގެންވާ ﷲ ސުބްހާނަހޫވަތައާލާ ދެކެ ދެނެ ވޮޑިނަންނަވާނެ އެބަހުގެ ތެދު ހަގީގަތް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: