ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޫޑެންޓް ލޯނުތައް ދެއްކުން ފަސްކޮށްދީފި

ފޮޓޯ-ދުވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނު ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފިއެވެ.

ރައީސުލްޖުމުހުރިއްޔާ އިބްރާހިމު މުހައްމަދު ޞާލިހް ނޫސްވެރިންނާއި ބައްދަލުކުރައްވައި ވިދާޅުވީ، މިއަދު ފިނޭންސް މިނިސްޓްރީ އާއި އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށްފަހު ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނު ދެއްކުން މިއަަހަރުގެ ނިޔަަލަށް ފަސްކޮށްދީފައިވާ ކަމަށެވެ.

ރައީސް ސްޓޫޑެންޓް ލޯނު ދެއްކުން މިއަހަރުގެ ނިޔަަލަށް ފަސްކޮށްދީފައިވާއިރު މިއަދު ވަނީ އްޑޫގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ކިޔަވާ 15 ދަރިވަރަކު ބީއެމްއެލް އިން ނަގައިފައިވާ ލޯނުތަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލުއިތަކެއް ހޯދައިދީފިއެވެ. އެގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމަށް މިނިސްޓްރީން ވަނީ އެ ސުކޫލުން ކިޔަވާ ދަރިވަރުން ދައްކަން ޖެހޭ ފައިސާ ބެންކަށް ދެއްކުމަށް ފަހު ލޯނުތައް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: