ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ދައުރު ނިމޭއިރު ގިނަ ބަޔަކަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ”

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގެ 5 އަހަރުގެ ދައުރު ހަމަވުމުގެ ކުރިން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ ކަމަށް ރައީސުލްޖުމުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިޔާ ލޯން ސްކީމް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިހް ވިދާޅުވީ، ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް މި ދައުރު ނިމޭއިރުގައި ރާއްޖޭގެ ބޯހިޔާވަހިކަން ބޭނުންވެފައިވާ ގިނަ ފަރާތްތަކަކަށް އެކަން ހާސިލުވެގެންދާނެ ކަމަށެވެ.

މިރޭ އިފްތިތާހު ކުރެވިގެން ދިޔަ “ގެދޮރުވެރިޔާ ލޯނު ސްކީމް” ގެ ނަމުގައި ފަށާ ލޯނު ސްކީމަކީ ކުޑަ އިންސްޓްރެސްޓެއްގައި ދިގު މުއްދަތުން ދައްކާ ހަލާސް ކުރާ ގޮތަށް ތައާރުފުކުރާ ލޯނު ސްކީމެއްކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.

ލޯނު ސްކީމުގައި ބައިވެރިވުމަށްޓަކައި މޯގޭޖުގެ ގޮތުގައި ނުވަތަ ރަހުނުގެ ގޮތުގައި ހަމައެކަނި ދައްކަން ޖެހޭނީ އެމީހާއަށް ލިބިފައި އޮތް ގޯތި ނޫންނަމަ އެމީހާއަށް ލިބިފައިވާ ގޯތީގައި ހަދަން ފަށާފައިވާ އިމާރާތް ކަން ފާހަގަކުރައްވައި، ރައީސް ޞާލިހް ވިދާޅުވީ، އެ ލޯން ސްކީމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ލުއި ގޮތެއްގައި އެކަން ކޮށް ނިންމާލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއް ކަމަަށާއި ހާއްސަކޮށް މާލޭގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ރައްޔިތުން ގެދޮރުވެރިކުރުމަށްޓައި ފަށާފައިވާ މަޝްރޫއު ކުރިއަށްދާ ކަމަށެވެ. އަދި މިހާރު ސޮއިކުރެވި މަސައްކަތް ފެށުމަށްޓަކައި 7000 ފްލެޓްގެ މަސައްކަތް ވަނީ ތައްޔާރުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައްޔިތުންނަށް ބޯހިޔަވާހިކަން ތަނަވަސްކޮށްދިނުމަށްޓަކައި، 4000 ޔުނިޓެއް އެޅުމުގައި ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ކޮންސްޓްރަކްޝަން ކުންފުނިތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ރައީސް ޞާލިހް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދައުރު ނިމޭއިރު ޤައުމު ނީލަމިގަ ވިކީ ހުރިހާ ދިވެހިން ދަރަނިވެރިވެފަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: