ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ގާނޫނު އެބަހުރި، ނެތީ ދިވެހި ވެރިންގެ ގަޓު: އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ގާނޫނުތައް އެބަހުރިކަމަށާއި ރާއްޖޭގައި ނެތީ އެކަން ތަންފީޒުކުރާނެ ހިތްވަރާއި ގަޓު ހުރި ވެރިއެއްކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެތައް ގާނޫނުތަކެއް އެބަހުރިކަމަށެވެ. އެހެންނަމަވެސް އެއްވެސް ވެރިކަމެއްގައި އެއިރެއްގައި ހުރި ގާނޫނުތައް ތަންފީޒުކުރުމަށް މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި މިސާލެއްގެ ގޮތުން މޮނިކޮމް އަމުރު ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ގާނޫނާއި ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގުން ހުއްޓުވުމަށް އެކުލަވާލި ގާނޫނު ނެންގެވިއެވެ.

މޮނިކޮމް އަމުރު ތަންފީޒު ކުރުމަށް އެކުލަވާލި ގާނޫނަށްވެސް އަމަލުކޮށްފައިވަނީ އެބޭފުޅާ މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު އެކަނި ކަމަށާއި އޭގެ ފަހުން އެގާނޫނަށް އަމަލުކޮށްފައިނުވާ ކަމަށެވެ. އަދި އެއްވެސް ވެރިއަކަށް އެއިރެއްގައި އޮންނަ ގާނޫނަކަށް އަމަލުކުރައްވަން ކެރިވަޑައިނުގަންނަވާ ކަމަށާއި މައްސަލަ ޖެހެނީ އެހާހިސާބުން ކަމަށް އުމަރު ވިދާޅުވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ހިންގާ ގޭންގުތައް އިތުރުވެ ފުޅާވިކަމަށް އުމަރު ވިދާޅުވިއެވެ. އަދި މިފަދަ ގޭންގުތަކުން މަސްތުވާތަކެތި އެތެރެކޮށް އެކަމުގެ ވިޔަފާރި ރާއްޖޭގައި ފުޅާކުރިކަމަށާއި ގޭންގުތަކުގެ ނުފޫޒު ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީ ތެރެއަށް ފޯރަން ފެށި ކަމަށް އުމަރު ވިދާޅުވިއެވެ.

“މުޅި ނިޒާމް މިއޮތީ ޕެރެލައިޒްވެފަ. ނިޒާމުގެ ތެރެއަށް ގޭންގުތަކުގެ ބާރުތައް ވަދެގެން ނިޒާމް ވާވެފައި މިއޮތީ” އުމަރު ނަސީރު

އުމަރު ނަސީރު ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ބޭނުންކުރަން ޖެހޭ ހަތިޔާރު ބޭނުންކުރީ ހަމައެކަނި އެބޭފުޅާ ކަމަށް ބުނެވިދާނެ ކަމަށާއި އެބޭފުޅާ ގެންގުޅެއްވި ހަތިޔާރަކީ މޮނިކޮން އަމުރު ކަމަށެވެ. މޮނިކޮން އަމުރަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ މުހިންމު ހަތިޔާރު ކަމަށާއި އެހަތިޔާރު ގެންގުޅެއްވީ އެބޭފުޅާ އެކަނި ކަމަށެވެ. މޮނިކޮން އަމުރު ތަންފީޒުކުރާތާ ގާތްގަނޑަކަށް ފަސްވަރަކަށް އަހަރުގެ ތެރޭގައި ގޭންގުގެ މައްސަލަަތައް ހައްލުވާނެކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިކަންކަމަށް އިޝާރާތްކުރައްވައި އުމަރު ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ ކަންކަން ހައްލުކުރުމަށް ބޭނުންވާ ހަތިޔާރާއި ގާނޫނުތައްވެސް އެބަހުރިކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ނެތީ އެކަންކަން ތަންފީޒުކުރާނެ ހިތްވަރާއި ގަޓު ހުރި ވެރިއެއްކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ އިސްލާމީ ޝަރީއަތް ތަންފީޒުކުރަން ކެރޭ ފަދަ ވެރިއެއް ކަމަށާއި އެފަދަ މީހަކަށްވުމަށް ވަރަށް މަސައްކަތްކުރައްވާކަމަށް ވިދާޅުވިއެވެ.

ސިޔާސީ ލީޑަރުންގެ ތެރޭގައި މިކަންކަމަށް ސަމާލުކަން ދޭނެ ބޭފުޅަކު ނެތް ކަމަށާއި މަސްތުވާތަކެއްޗާއި ކުށްކުރުން ފަދަ ކަންކަން ރާއްޖޭގައި މިހާ އާންމުވީ އެސަބަބާއި ހުރެކަމަށް އުމަރު ވިދާޅުވިއެވެ. އަދި ކޮރަޕްޝަނާއި، ވަޒީފާ ނުލިބުމުގެ މައްސަލަތަކާއި ބޯހިޔާވަހިކަން ފަދަ މުޖުތަމައުގައި ބާކީ ހުރި މައްސަލަތައް ފެންމަތިވަނީވެސް އެސަބަބާއި ހުރެކަމަށް އުމަރު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
58%ވަރަށް ގަދަ 21%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 16%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އުމަރުވިދާޅުވީ ވަރަށްރަނގަޅު ވާހަކަފުޅެއް ކުށްތަކާ ދެކޮޅަށް ހަރަކާތްތެރި ވެވޭނީ އުމަރު ކަހަލަ ފިސާރި ބޭފުޅަކަށް 2023 އުމަރުއަށް ﷲ އިރާދަފުޅުން ވެރިކަން ދެއްވާނެ އިންޝާﷲ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: