ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ބަސް: އެމްޑީޕީ ޕްރައިމެރީގައި ވާދަކުރާނަން، އެކަމަކު ބޭނުމީ ބަރުލަމާނީ ނިޒާމެއް!

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދާއި، ރައީސް ސޯލިހު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރު ގައުމުގެ ވެރިއަކަށް އަންނާނެ ބޭފުޅަކު ކަނޑައެޅުމަށް އެމްޑީޕީގެ އެތެރޭގައި ބައްވާ ޕްރައިމެރީގައި ވާދަ ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އާސްކް ސްޕީކާ ޕްރޮގްރާމުގައި އާއްމުންގެ ފަރާތަކުން އަމާޒުވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއެއް އޮންނާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވުން އެއީ އެހާ ބުއްދިވެރިކަމެއްގެ ގޮތުގައި ގަބޫލު ނުކުރައްވާ ކަމަަށެވެ. އެހެން ކަމުން ވެރިކަމުގެ ނިޒާމާއި މެދު ރައްޔިތުންގެ މެދުގައި ވޯޓެއް ނަގައި ގާނޫނަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދު މިރޭ ވެސް ވިދާޅުވީ ރާއްޖެ ރަނގަޅު ގޮތެއްގައި ހިންގޭނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ފަށަން ޖެހޭކަން ފާހަގަކޮށް، އެ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަފާނަންތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ވާނީ އެމަނިކުފާނު ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް ބޭއްވުމަކީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. އަދި މިހާރުން ފެށިގެން މަސައްކަތް ކުރަންވީ ނިޒާމާއި މެދު ރައްޔިތުން ދެކޭ ގޮތާއި ބެހޭ ހިޔާލު ހޯދުމަށެވެ.

“އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ހިންގުން އެންމެ ރަނގަޅަށް ކުރިއަށް ދާނީ ބަރުލަމާނީ ނިޒާމްގެ ތެރެއިން.. އެއީ ބޮޑުވަޒީރެއް ވެސް ހުރެ އަދި މަޖިލީހުގެ މެންބަރުން ރައްޔިތުންނަށް ތާއަބަދު ޖަވާބުދާރީވެ ތިއްބަވައިގެން ސަރުކާރު ހިންގުން ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ” ރައީށް ނަޝީދު

ރިޔާސީ އިންތިހާބާއި ހަމައަށް ދިއުމުގެ ކުރިން ނިޒާމު ބަދަލު ކުރެވޭނެކަމަށް ރައީސް ނަޝީދު ގަބޫލު ކުރައްވަ އެވެ. އަދި އެހާހިސާބުން ބޮޑުވަޒީރަކަށް ވަޑައިގަންނަވާނެކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރެއް ހިންގުމަށްޓަކާ އަބަދުވެސް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށެވެ. އަދި އެއީ އެމަނިކުފާނު އަބަދުވެސް ގެންގުޅުއްވާ ވިސްނުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ގައުމެއް ހިންގުމަށްޓަކާ ވެސް އެންމެ ރަނގަޅު ނިޒާމެއްގެ ގޮތުގައި ގަބޫލު ކުރަން ފެށީ “ބަސް ދަސްވި” ހިސާބުން ކަމަށެވެ.

މީގެ ކުރިން ވެސް “އާސްކް ސްޕީކާ” ގެ ނަމުގައި ރައީސް ނަޝީދާއި އެކު ކުރިޔަށް ގެންދިޔަ ކިއު އެންޑް އޭއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް އެއްގޮތަކަށް ވެސް ރިޔާސީ ނިޒާމު ކަމު ނުދާ ކަމަށެވެ. އަދި އެމަނިކުފާނަކީ އެއް އިރެއްގައި ވެސް ރިޔާސީ ނިޒާމަކަށް ތާއީދު ކުރި މީހެއް ނޫން ކަމަށާއި، މުޖްތަމައުއަށް ހަމަޖެހުން ގެނެސް، ގައުމެއް ހިންގުމުގައި ރިޔާސީ ބިޒާމެއް ބޭނުން ކުރެވިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

އެ ބައްދަލުވުމުގައި އެރޭ ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގައި އޮންނާނެ ނިޒާމާއި މެދު ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ. އަދި އޭގެ ތެރެއަށް ވަކި ބައެއްގެ ނުފޫޒެއް ނާންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އޭރު ވެސް އެމްޑީޕީން ބޭނުންވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ހިންގާށެވެ. ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާއެކު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން މަސައްކަތްކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: