ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑު ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ދަތުރު ކުރުމުގައި ކަރަންޓީނުވާކަށް ނުޖެހޭނެ!

މިދިޔަ ރޯދަ މަހު މާލޭގެ އުސްފަސްފަސްގަނޑު ސަރަހައްދުގައި ކުޑަކުދިންތަކެއް މަޑި އަރުވަނ/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ އާއްމުންނެކޭ އެއްގޮތަށް ނެގެޓިވް ޕީސީއާރަކާއި އެކު ވެކްސިން ނުޖެހޭ ކުޑަކުދިންނަށް ވެސް ކަރަންޓީނަކާއި ނުލާ ދަތުރު ކުރެވޭނެކަމަށް ހާމަކޮށްފި އެވެ.

ކޮވިޑާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ލުއިދީ އުސޫލުތައް އާއްމު ކުރީ މިއަދު އެވެ. އަދި ލުއިތަކުގެ ވަކި ވަކި ތަފްސީލް ދިންއިރު ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކަރަންޓީނުވުމަކާއި ނުލާ ދަތުރުކުރެވޭނީ ހަމައެކަނި ވެކްސިން ފުރިހަމަކޮށް، 14 ދުވަސް ވުމުން ކަމަށެވެ. ނަޒްލާ އެހެން ވިދާޅުވީ ވެކްސިން ނުޖެހޭ ކުޑަކުދިން އަމަލު ކުރަންޖެހޭ އުސޫލާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ. ޑރ. ނަޒްލާ ވިދާޅުވެފައި ވަނީ ކުޑަކުދިން ކަރަންޓީނު ވާން ޖެހޭނެ ކަމަށާއި ލުއިތައް ދެނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ކަމަށެވެ.

އެ ނިންމުމާއި މެދު އާއްމުންގެ ނުރުހުންތައް ވެސް އަމާޒުވެގެން ދިޔަ އެވެ.

ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ “ސަންގު” އަށް ވިދާޅުވީ 18 އަހަރުން ދަށުގެ ވެކްސިން ނުޖެހޭ ކުދިންނަށްވެސް ނެގެޓިވް ޕީސީއާރް ޓެސްޓަކާއި އެކު ދަތުރުކުރެވޭނެ ކަމަށެވެ.

ދަތުރުކުރުމުގައި ދިން ލުއިތައް ހިމަނާ ގެޒެޓްކުރި ޝާއިއު ކުރި ބަޔާނުގައި ބުނެފައި ވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނާއި އެކުގައި ދަތުރުކުރާ، ވެކްސިން ނުޖެހޭ އުމުރުގެ ކުދިން، 72 ގަޑިއިރުނުވާ ޕީސީއާރް ނަތީޖާއެއް އޮތް ނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: