ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2016 އެެއާޕޯޓު މުޒާހަރާ: ހުށަހެޅީ އައި ހުކުމަށް މަސްއޫލުވެރިން މައާފަށް އެދެން!

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ގޮވާލައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި މުޒާހަރާ ކުރި މައްސަލަ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

 

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރަން ގޮވާލައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާ ކުރަނިކޮށް، ހައްޔަރުކޮށް ދައުވާ ކުރި މައްސަލައިގައި ހުކުމް ކޮށްފައިވާތީ، އޭރުގެ ދައުލަތުގެ މަސްއޫލުވެރިން މާފަށް އެދެން ޖެހޭނެކަމަށް ބުނެ، އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ނައިބު ރައީސް، ގ.އާކާޝްވިލާ އާމިނަތް ޒާހިރާ (ނަލަ ޒާހިރާ)، އެ މައްސަލަ އޮމްބަޑްސްޕާސަން އޮފީހަށް ހުށަހަޅައިފި އެވެ.

ރާއްޖޭގެ އެއްވެ އުޅުމާއި ބެހޭ ގާނޫނުން އެއާޕޯޓުގައި މުޒާހަރާ ކުރުން އެއީ މަނާކަމެއްގެ ވަނީ ކަނޑައަޅާފަ އެވެ. ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި އެއާޕޯޓުގައި މުޒާހަރާ ކުރި މައްސަލައިގައި އެމްޑީޕީގެ 14 އެކްޓިވިސްޓަކު ހައްޔަރުކޮށް، 03 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އޭގެ ފަހުން އެ ކޯޓުން ނިންމީ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސްކޮށް، އެ މުއްދަތުގައި އިތުރު ކުށެއް ނުކުރާ ނަމަ އެ މީހުން ޖަލަށް ދާން ނުޖެހޭ ގޮތަށެވެ.

ދަށު ކޯޓުގެ ނިންމުމަށް ހައިކޯޓުން ތާއީދު ކުރިނަމަވެސް، ސުޕްރީމް ކޯޓުން މައްސަލަ ބޭރުކޮށްލި އެވެ.

އެއާޕޯޓުގައި މުޒާހަރާކޮށްގެން ދައުވާކުރި މީހުންގެ ތެރެއިން މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅީ އާމިނަތު ޒާހިރާ އެވެ. އޭނާ ހުށަހެޅި މައްސަލައިގައި އެދިފައިވަނީ އޭރުގެ ޕްރޮސެކިއުޓާރ ޖެނެރަލް މުހުތާޒް މުހުސިނާއި ރައީސް އޮފީހުގެ އޭރުގެ ލީގަލް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު އަދި ކްރިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަހުމަދު ރަޝީދުގެ އިތުރުން މައްސަލަ ކުރިޔަށް ގެންދިޔައިރު ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ޕްރޮސެކިއުޓާރ އަހުމަދު ހައިލަމް އެވެ.

ޒާހިރާ އެދިފައި ވަނީ އެ މައްސަލާގައި ދައުވާ ކުރިކަމަށް ޓަކައި، މުހުތާޒް މައާފަށް އެދުމަށެވެ. އާޒިމާ މާފަށް އެދެންޖެހޭ ކަމަށް ބުނީ މައްސަލައިގެ ހުކުމް ޑްރްފާޓުކޮށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާތީ އެވެ. އަދި އަހުމަދު ރަޝީދު މާފަށް އެދެން ޖެހޭ ސަބަބެއްކަމަށް ބުނީ ރައީސް އޮފީހުން ފޮނުވި ޑްރާފްޓަށް ބަލައިގެން ހުކުމް ކޮށްފައިވާތީ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ވެސް ކުރެއްވި ހައިލަމް މައާފަށް އެދެން ހުށަހެޅީ، ދައުލަތުގެ ފަރާތުން ކޯޓަށް ވަޑައިގެންނެވީ އޭނާއަށް ވުމުންނެވެ.

މި މައްސަލަ މީގެ ކުރިން ވެސް އިންތިގާލީ އިންސާފުގެ އޮފީހަސް ހުށަހެޅި އެވެ. ނަމަވެސް އޭރު މައްސަލަ ހުށަހެޅީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މާލޭ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދާއި، ހ. ވެޔޮވިލާ، ޝަފިއްޔާ ޒުބައިރާއި، ސ. ހުޅުދޫ، ކަޅުމަގިގޭ، މަރިޔަމް ޒުބައިރު (މަންދީ) އާއި ވެމްކޯގެ ޗެއާމަން މުހައްމަދު އިބްރާހިމް މަނިކެވެ. އެ މައްސަލާގައި ބުނެފައި ވަނީ މުޒާހަރާ ކުރުމުން އިއްވުމަކީ ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ހިންގި އަމަލެއްގެ ސަބަބުން އިންސާނީ ހައްގެއް ނިގުޅައިގަތުން ކަމަށެވެ. މީގެއިތުރުން ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން އަސާސީ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށް ވެސް އެ މައްސަލައިގައިވެ އެވެ.

އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަންނަން ޖެހޭނެ ކަމަށް މައްސަލައިގައިވެ އެވެ. އެގޮތަށް އެ ކޯޓުން ބައެއް މައްސަލަތައް ބަލައިގެންފައި އެބަ ހުރިކަން ވެސް ފާހަގަކޮށްފައިވެ އެވެ.

މި ދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ވެސް ހަމަ މި މައްސަލައިގައި ދައުވާ ކުރި އެހެން ބަޔަކު ވަނީ އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހަޅައިފަ އެވެ. އެއީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި މާލޭ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދާއި، ހ. ވެޔޮވިލާ، ޝަފިއްޔާ ޒުބައިރާއި، ސ. ހުޅުދޫ، ކަޅުމަގިގޭ މަރިޔަމް ޒުބައިރު (މަންދީ) އާއި ވެމްކޯގެ ޗެއާމަން މުހައްމަދު އިބްރާހިމް މަނިކެވެ.

އެ މައްސަލައިގައި އެދިފައި ވަނީ މުހުތާޒު މާފަށް އެދިވަޑައިގަތުމަށާއި، މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމަށް އަލުން ހުށަހެޅުމަށެވެ.

އެ މީހުންނަށް ހުކުމް އިއްވުމަކީ ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ހިންގި އަމަލެއްގެ ސަބަބުން އިންސާނީ ހައްގެއް ނިގުޅައިގަތުން ކަމަށް މައްސަލައިގައި ބުނެފައިވެ އެވެ. މީގެއިތުރުން ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން އަސާސީ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށް ވެސް އެ މައްސަލައިގައިވެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކޮށް، އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ، ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމުގައި ދަައުލަތުގެ މުއައްސަސާތަކުން ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. އެ އޮފީހަށް މައްސަލަ ހުށަހަަޅަން ހުޅުވާލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: