ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓުތައް ހަވާލުކުރާއިރު ހުންނާނީ ރައުޓަރު ބަހައްޓައި ފަސޭހައިން އިންޓަނެޓު ގުޅޭގޮތަށް!

ހިޔާ ފްލެޓުތައް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފިޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތައް ހަވާލުކުރާއިރު އެޕާޓެމްންޓުތައް ހުންނާނީ ރައުޓަރު ބަހައްޓައި ފަސޭހައިން އިންޓަނެޓު ލިބޭގޮތަށްކަމަށް ހައުސިން ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މީޑިއާތަކާއި މައުލޫމާތު ހިއްސާކޮށް އެޗްޑީސީން ބުނީ، 7000 ހިޔާ ފްލެޓުގައި ފައިބާރ ކޭބަލް އާއި އޮޕްޓިކަލް ނެޓްވޯކް ޑިވައިސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިގެން ކުރިޔަށްދާ ކަމަށެވެ.

އޮޕްޓިކަލް ނެޓްވޯކް ޓާމިނަލްއަކީ ފައިބާރ ޓު ހޯމް ކަނެކްޝަންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އަންނަ ވަސީލަތެކެވެ. އަދި މި މަޝްރޫއު އަކީ އެޗްޑީސީން މިހާރު ކުރިއަށް ގެންދާ ސްމާޓް ސިޓީ އިނިޝިއޭޓިވްގެ މުހިންމު މަރުހަލާއެއްގެ ގޮތުގައި ކުންފުނިން ފާހަގަ ކުރެ އެވެ.

އޮޕްޓިކަލް ނެޓްވޯކް ޓާމިނަލް ނުވަތަ އޯއެންޓީ އަކީ ފައިބާރ ނެޓްވޯކްގައި މޮޑެމްއެއް ގޮތަށް އިންޓަނެޓް ސާވިސް ފޯރުކޮށްދޭ ފަރާތްތަކާއި ގުޅުވައިދޭ ވަސީލަތެކެވެ.

“އެޗްޑީސީއިން ދެކޭގޮތުގައި މިފަދަ ފައިބަރ ޓު ހޯމް ނެޓްވަރކެއްމުޅި ހުޅުމާލެ ސިޓީގައި ގާއިމު ކުރެވުމަކީ ސްމާޓް ސިޓީއަކަށް ހުޅުމާލެ ސިޓީހެދުމަށް އެޅޭ މުހިންމު ބިންގަލެއް. އަދި މި ނެޓްވޯކުގެ ޒަރިއްޔާއިން އިންޓަނެޓްގެ ހިދުމަތް ހޯދާ ފަރާތްތަކަށާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށްގިނަ ފަސޭހަތަކެއް ލިބިގެންދާނެ.” އެޗްޑީސީ

ހިޔާ ފްލެޓްތަކަކީ ގިނަ ފްލެޓް ނުވަތަ ގޭބިސީ އެކުލެވޭ ތަނެއްކަމުން ކޮންމެ ފްލެޓަކަށް ވަކިން ކޭބަލް އެޅުން އެއީ ފަސޭހަކަމެއް ނޫންކަމަށާއި، އިންޓަނެޓްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ފައިބާރ ޓު ހޯމް ނެޓްވޯކް ހުރުމުން އަވަހަށް އިންޓަނެޓްގެ ސެޓަޕް ހަދައި ހިދުމަތް ބޭނުން ކުރަންފެށޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ބުނީ މިފަދަ ނެޓްވޯކްއެއް ގާއިމްވެފަ އޮތުމުން ސާވިސްދޭ ފަރާތްތަކަށް އިތުރު ދަތިތަކަކާ ނުލާ އަވަހަށް ގިނަ ފަރާތްތަކަކަށް ހިދުމަތް ފޯރުކޮއްދެވޭނެކަމަށް ގަބޫލު ކުރާ ކަމަށެވެ.

“ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަނެޓްގެ ހިދުމަތް އައު ތަނަކަށް ހޯދާނަމަ އާންމު އުސޫލުން 2 ހަފްތާ ނުވަތަ އެއައްވުރެ ގިނަ ދުވަސްނަގޭ. ނަމަވެސް މިނެޓްވަރކްގެ ސަބަބުން ހިދުމަތް ލިބެންފެށުން އަވަސްވާނެ.” އެޗްޑީސީ

އެޗްޑީސީން ބުނެފައިވަނީ މިފަދަ ނެޓްވޯކެއް ގާއިމްވެފަ އޮތުމުން ކުރިއަށް އޮތްތަނުގައި ވެސް އެހެން ހިދަމަތްތައްފުޅާ ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އަދި މިއީ އައު ހިދުމަތްތަކެއް ގާއިމު ކުރަންޖެހިއްޖެ ހާލަތެއްގައި ވެސް އިތުރަށް މަގު ކޮނުމުގެ މަސައްކަތް ކުރަން ނުޖެހޭނެ ނިޒާމެއް ކަމަށެވެ.

އެޗްޑީސީގެ އަމާޒަކީ ފްލެޓުތައް ހަވާލުކުރާއިރު ފައިބާރ ނެޓްވޯކުތައް ގާއިމްކޮށް ނިންމާލުމެވެ. އަދި މިފަދަ ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ގާއިމް ކުރެވުމަކީ ހުޅުމާލެ ސިޓީ ސްމާޓް ދިރިއުޅުމަކަށް ފަސޭހަ އަދި ފެންވަރު ރަނގަޅު ސިޓީއަކަށް ހެދުމަށް ލިބޭ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: