ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާޒިމްއާއި އެކު ސިޔާސީ ޕާޓީ އުފެއްދުމުގައި އިސްކޮށް ހުރީ އުޝާމް!

އަލަށް "މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ހަދާ ސިޔާސީ ޕާޓީގައި ހިމެނޭ ބޭފުޅުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އިސްވެތި އުފައްދަވާ “މޯލްޑިވްސް ނޭޝަނަލް ޕާޓީ” އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.

ލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ ސިޔާސީ ޕާޓީ އުފެއްދެވުމުގެ ހުއްދަ ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު، އަހްމަދު އުޝާމަށް ކަމަށެވެ. މިއީ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް އާއި، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އިސްވެ ތިބެ އުފައްދަވަން އުޅުއްވާކަމަށް ބުނާ ޕާޓީ އެވެ.

ނޭޝަނަލް ޕާޓީގެ ނަމުގައި އުފައްދާ މި ޕާޓީގައި، ނާޒިމާއި އަބްދުﷲ ރިޔާޒްގެ އިތުރުން ހިމެނެނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދެވެ.

ޕާޓީ އުފެއްދުމުގެ ހުއްދައާއި އެކު އުޝާމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އުންމީދަކީ ލަސްތަކެއް ނައިސް ޕާޓީގެ ރެޖިސްޓްރޭޝަންއަށް ކުރަންޖެހޭ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމާލުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުރެ ގިނިކަންޏާ މަސައްކަތް ކުރުން އެއީ ފަސޭހަކަމެއް ނޫންކަން ފާހަގަކޮށް އުޝާމް ވަނީ ވިލިމާލޭގެ ކޮމިއުނިޓީ ވައިބާރ ގްރޫޕެއްގައި ހާއްސަ މެސެޖެއް ވެސް ހިއްސާ ކުރައްވާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވާފައިވާ އުޝާމްއަކީ މަޖިލީހުގައި ކުރާ ގާނޫނީ ބަހުސްތަކަށް ވަރަށް ފުޅާދާއިރާއެއްގައި ވާހަކަ ދައްކަވާ ބޭފުޅެކެވެ. ނަމަވެސް އޭގެ ސަބަބުން ދަތިތަކެއް އަންނަކަން ފާހަގަކޮށް އުޝާމް ފޮނުވި މެސެޖުގައި ވިދާޅުވީ ގާނޫނީ ގޮތުން މުހިއްމު މައްސަލަތަކުގައި ވެސް އެކަށީގެންވާ ގޮތެއްގައި ބަހުސްކޮށް ވާހަކަދައްކަން ފުރުސަތު އޭނާއަށް ނުލިބޭ ކަމަށެވެ. އަދި ވަގުތު ބަހާފައި އޮންނަ ގޮތުން އޭނާއަށް ލިބެނީ މިނެޓަކަށް ވުރެ ވެސް ކުޑަ ވަގުތުކޮޅެއްކަން ފާހަގަ ކުރެއްވި އެވެ.

އުޝާމް ވަނީ ދާއިރާއަށް ދިމާވެފައިވާ ބައެއް މައްސަލަތައް ވެސް ހައްލު ކުރުމުގައި ދަތިތަކެއް އަންނަކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން މިފަދަ މައްސަލަތަކުގެ ހައްލެއްގެ ގޮތުގައި ފެނުނީ، އޭނާގެ ވެސް ހިއްސާ އެކުލެވޭ ގޮތަށް ސިޔާސީ ޕާޓީއެއް އުފެއްދުންކަމަށްވުމުން އެ މަސައްކަތް ފެށީކަމަށް އުޝާމް ވިދާޅުވި އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: