ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި އަލީ ވަހީދަށް ޗިޓު ފޮނުވައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރެއްގެ މަގާމުގައި ހުންނަވަނިކޮށް، މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާއާއި ފުރައްސާރަ ކުރިކަމުގެ ތުހުމަތަށް މަގާމުން ވަކި ކުރި އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވުމަށް އޭނާ ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި، އެ ކޯޓުން މިއަދު ޗިޓު ފޮނުވައިފި އެވެ.

ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ ހިމެނޭހެން އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައި ވަނިކޮށް، ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ ބޭސްފަރުވާއަށްކަމަށް ބުނެ އެވެ. ދައުވާތައް އުފުލި އިރު ވެސް ރާއްޖެއިން ބޭރަށް ނުދެވޭހެން ޕާސްޕޯޓު ހިފަހައްޓާފައި އޮތް އަލީ ވަހީދަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދޫކޮށްފައި ވަނީ އޭނާ ޑޮކްޓަރުންގެ ލިޔެކިއުންތަކެއް ހުށަހެޅުމުންނެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ.

މިވަގުތު އިނގިރޭސި ވިލާތުގައި ހުންނެވި އަލީ ވަހީދަށް، އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ހާޒިރުވެ ޝަރީއަތުގައި ބައިވެރިވެވޭ ގޮތް ހަމަޖައްސައިދޭން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އޮތީ ނިންމަވާފަ އެވެ. ދައުލަތުން އެކަން އިއުތިރާޒުކޮށް އެ ނިންމެވުން ހައިކޯޓަށް ހުށަހެޅުމުން މައްސަލަ ބޭރުކުރީ މައްސަލަ ބެލޭނެ ގާނޫނީ ހަމައެއް ނެތްކަމަށް ބުނެ އެވެ.

ހައި ކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ ކޯޓުން ވަނީ މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވުމަށް އަންގައި އަލީ ވަހީދާއި ޗިޓު ހަވާލުކޮށްފަ އެވެ. އަލީ ވަހީދު ކޯޓަށް ހާޒިރުވާން އެންގީ އޮޮގަސްޓު މަހުގެ 02 ގައި މެންދުރު 14:00 އަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގައި ހިމެނޭ ގާޒީގެ މައްސަލަ ޕީޖީން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވެސް ހުށަހަޅާފައެވެ.

އަލީ ވަހީދަކީ ފިލުމުގެ ފުރުސަތު އޮތް މީހެއްކަމުން، އެ ފުރުސަތު ޓްރެވެލް ޑޮކިއުމެންޓެއްގައި ނޫން ގޮތަކަށް ނުދިނުމަށް ދައުލަތުން ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ މައިބަދައިގެ އޮޕަރޭޝަނަށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށެވެ. ބޭނުން ގައުމަށް ދިއުމަށް އަލީ ވަހީދަށް ދިނުމުން، އެނާއާއި އެކު ޖާމިނުވެފައި ވަނީ އަލީ ވަހީދުގެ ގާތް އެކުވެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަ ނޫން ޖިންސީ މުއާމާލަތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. މި ދައުވާތައް އަލީ ވަހީދުގެ މައްޗަށް ސާބިތުވެއްޖެނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: