ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭއި ހައެއް އަކީ ރައީސް ނަޝީދަށް ހަމަލާ ދޭން ރޭވި، ތިން ވަނަ ފަހަރު!

ރައީސް ނަޝީދުގެ ބޮލަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯއެއް/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީއެއް ގޮއްވާލައި ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން އެ ހަމަލާ ތިން ފަހަރެއްގެ މަތީން ރޭވިކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ މޭއި މަހުގެ 06 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއޮ ގުޅިގެން މިހާތަނަށް 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހަމަލާ ދޭން ރާވައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން އައިއީޑީ ގޮއްވާލުމުގައި ބައިވެރިވި މީހުން ހިމެނޭކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުންގެ މައްޗަށް ދައުވާކޮށްދޭން އެކި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ. އަދި މިރޭ ނޫސްވެރިންގެ ބައްދަލުވުމުގެއް ބާއްވާފައިވަނީ ހަމަލާއާއި ގުޅޭ އިތުރު މައުލޫމާތުތައް ނޫސްވެރިންނާއި ހިއްސާ ކުރުމަށެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާ ދިން މީހުން ތިބީ ޖާނުން ފިދާވެގެން ވިޔަސް އެމަނިކުފާނު އަވަހާރަކޮށްލަން ތައްޔާރަށް ކަމަށެވެ. އަދި ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހުރީ ހއ. ހޯރަފުށީ, އަލަނާސިގޭ, މުހައްމަދު ތަސްލީމް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އައްޑޫ ސިޓީންނެވެ.

މި މީހުންނަކީ ދައުލަތް ކުފުރުކޮށް، ރައީސް ނަޝީދަކީ ދީނުން ބޭރުވެފައިވާ ބޭފުޅެއްގެ ގޮތުގައި ދެކޭ ބައެކެވެ. އެކަމާއި ގުޅޭގޮތުން އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތައް ހައްޔަރު ކުރި އެންމެނަކީ ވެސް ދީނުގެ ނަމުގައި ހައްދުފަހަނައެޅި ވިސްނުން ގެންގުޅޭ މީހުން ކަމަށެވެ. މި ހަމަލާގެ މޯޓިވްއަކީ ހަރުކަށި ފިކުރުގެ ވިސްނުން އިސްކޮށް ރައީސް ނަޝީދު އަވަހާރަކޮށްލުމެވެ. ރިޔާޒް ވިދާޅުވީ ރައީސް ނަޝީދަކީ ދިނާއި ހިލާފު ވާހަކަތަކެއް ދައްކަވާ ބޭފުޅެއްކަމަށް ބުނެ، ރައީސް ނަޝީދާއި މެދު ނުބައި ނަފްރަތެއް ވަނީ އުފެދިފަ އެވެ. އަދި މި ހަމަލާއަކީ އެ މީހުންގެ އަމިއްލަ ވިސްނުމާއި، ރުޅިވެރިކަމުގެ ސަބަބުން ދިން ހަމަލާއެއްގެ ގޮތުގައި ރިޔާޒް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ ބަޔަކު ފަންޑުކޮށްގެން ކަމަށް ފުލުހުން އަދި ނުނިންމަ އެވެ. ނަމަވެސް މިހާތަނަށް ހޯދި ހޯދުންތަކުން މިއީ ފައިސާއަށް ދިން ހަމަލާއެއްގެ ގޮތުގައި ނުބެލެވޭކަމަށް ރިޔާޒް ވިދާޅުވި އެވެ.

ފުލުހުން މިރޭ ހިއްސާ ކުރި މައުލޫމާތު ތަކުން އެނގޭ ގޮތުން، ރައީސް ނަޝީދަށް މީގެ ކުރިން ވެސް އެކި ފަހަރު މަތިން ހަމަލާ ދޭން މަސައްކަތްކޮށްފައި ވެއެވެ. އޭގެ ތެރޭގައި ޔާގޫތުގެ ސަރަހައްދުގައި އައިއީޑީއެއް ގޮއްވާލުމަށާއި، މަލޭގެ އެންމެ ދެކުނުން މޭރީ ބްރައުން ސަރަހައްދުގައި ވެސް އެއްޗެއް ގޮއްވާލަން މަސައްކަތް ކުރި އެވެ. ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ކައިރީގައި އައިއީޑީ ގޮއްވާލަން، ސެލްއަށް ނިސްބަތްވާ މީހުން ރޭވީ މީގެ ކުރިން ކުރި މަސައްކަތްތައް ނާކާމިޔާބު ވުމުންނެވެ.

ރައީސް ނަޝީދަށް ހަމަލާ ދޭން ބޮން ހަރުކޮށްފައި އިން ސައިކަލު މާލެ ގެންދިޔައީ ހުޅުމާލެއިންނެވެ. އަދި އެ ސައިކަލު މާލެ ގެންދިޔައީ ތަހުމީނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: