ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުޅަދޫގައި މޫދަށް އެރި އުޅުނު ދިވެއްސަކު ގެނބިގެން މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ފުޅަދޫގައި މޫދަށް އެރި އުޅުނު ދިވެއްސަކު ގެނބިގެން މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ގެނބިފައިވަނީ އިތުރު 3 މީހަކާއިއެކު މޫދަށް ގޮސް އުޅުމުގެ ތެރޭގައެވެ. މިމީހުންނަކީ ފުޅަދޫގައި ހުންނަ ގެސްޓް ހައުސްއަކަށް ޗުއްޓީ ހޭދަކުރުމަށްޓަކައި ގޮސް އުޅުނު ބައެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ ކޮން ރަށެއްގެ މީހެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 1:20 ހާއިރު ކަމަށާއި އަދި އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 1:30 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

އިތުރު ތަފްސީލު އަންނަނީ…

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: