ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ޖަހަން ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މި މަސް ތެެރޭގައި ރާއްޖޭގައި 12 އަހަރުން މަތީގެ ކުޑަކުދިންނަށް ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކުޑަކުދިންނަށް ޖަހާނީ ފައިޒާ ވެކްސިން ކަމަށާއި ވެކްސިން ރާއްޖެ އަށް ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަަށެވެ. އެގޮތުން މި މަސްތެރޭގައި އެ ވެކްސިން ޖަހަން ފަށާނެ ކަމަށާއި އެ ވެކްސިން ޖަހަން ފަށާނެ ތާރީހެއް އަންނަ ހަފްތާގައި އިއުލާން ކުރާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ފައިޒާ ވެކްސިން ޖެހުމަށް ކަނޑައަޅާފައިވަނީ 12-17 އަހަރާ ދެމެދުގެ ކުދިންނާއި މާބަނޑު މީހުންނަަށް ކަމަށެވެ. މީގެ ތެރޭގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަހުން މާބަނޑުވި މީހުންނާއި އެއްވެސް ވެކްސިން ޑޯޒެއް ނުޖަހާ ފަރާތްތަކާއި ދިފާއީ ނިޒާމު ބަލިކަށިވާ ފަދަ ބައްޔެއް ނުވަތަ ބޭހެއް ބޭނުން ކުރާ ފަރާތްތައް ވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: