ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުން ކޮމެޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތުގތެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރުން އިންތިޚާބު ނުކުރެވި އޮތް ފަސް ރަށުގެ އިންތިޚާބުގެ ވޯޓު ލުން މިއަދު ފަށައިފިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރުން ހަމަކުރަން މިއަދު ވޯޓުލުން ކުރިއަށް ދަނީ ހދ. ނޮޅިވަރަމް، ނ. ކެނދިކުޅުދޫ، އއ. ފެރިދޫ، ކ. ދިއްފުށި އަދި ނ. މަގޫދޫގެ އިތުރުން މާލޭގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 3:00 އަށް ކަމަށެވެ. އީސީ އިން ބުނެފައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި ކަރަންޓީނުގައި ތިބި މީހުން ވޯޓުލުމަށް ކަނޑައަޅާފައިވާ ގަޑިއަކީ މެންދުރުފަހު 2:00 އިން 3:00 އަށް ކަމަށެވެ.

ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓް ފަހުން ކަމަށާއި އިންތިޚާބުގެ ރަސްމީ ނަތީޖާ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އިއުލާން ކުރެވޭނެ އީސީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: