ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮނަދޫ އާއްމު ހާލަތަށް ގެނެސްފި

ލ.ފޮނަދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑަށް ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން މޮނިޓަރިންގެ ހާލަތައް ގެނައި ލ.ފޮނަދޫގއިން މޮނިޓަރިން އުވާލައިފިއެވެ.

ފޮނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މާލެއިން އެރަށަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން އެރަށް މޮނިތަރިންނަށް ލާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

މީގެ ކުރިންވެސް ކޮވިޑަށް ޕޮޒިޓިވް ނަތީޖާތަކެއް ފެނުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވެއެވެ. އެއީ މިއަހަރުގެ އޭޕްރިލްމަހުގައެވެ. އަދި އޭގެފަހުން 2 މަހަށް ފަހު އެރަށުން ކޮވިޑުގެ ހާލަތު ރަނގަޅުވުމާއި ގުޅިގެން ވަނީ މޮނިޓަރިންގެ ހާލަތު އުވާލާފައެވެ.

ފޮނަދޫގެ މޮނިޓަރިން އުވާލުމާއި ގުޅިގެން މިވަގުތު ކޮވިޑް ފެނިގެން މޮނިޓަރިންގެ ހާލަތުގައި އޮތީ 8 ރަށެކެވެ.

އަދި އަލަށް ޕޮޒިޓިވްވި 74 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދަކީ 79،000 ކެވެ. މިގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 299 މީހުން ބަލިން ފަސޭހަވެފައިވާއިރު، ރާއްޖެއިން މިހާތަނަށް ކޮވިޑުން ސަލާމަތްވި މީހުންގެ އަދަދަކީ 77،732 ކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: