ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮނަދޫ މަގުތަކުގައި މި މަހު ތާރުއަޅަން ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ފޮނަދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިމަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މިއަދު ވިދާޅުވީ ފޮނަދޫގެ މަގުތަކުގައި ތާރު އެޅުމަށް މިހާރުވަނީ ތައްޔާރުވެފައި ކަމަށާއި  މޫސުން ތަންދޭނަމަ މި މަހުގެ 24 ގެ ކުރިން ތާރު އަޅަންފެށި ފެށޭ އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ފުރަތަމަ ފިޔަވަހީގެ މަގުތަކުގައި ތާރު އަޅާ ނިންމާލެވޭނެ ކަމަށެވެ.

މި މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީގެ ފަރާތުންނެވެ.

ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 3.5 ކިލޯ މީޓަރު ހުންނަ 12 މަގެއް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 25.5 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ޖޫން 26 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: