ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯކާއި ކާތަކެތި އަދި ފުޓްބޯޅަ: ކޮކާ-ކޯލާ އިން ރާއްޖޭގައި ހާއްސަ ޕްރޮމޯޝަނެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށެން ތައްޔާރުވަމުން އަންނަ އިރު، ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އަގު ހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ކޮކާ-ކޯލާ އިން ފަށައިފިއެވެ.

ކޮކާ-ކޯލާ އިން ބުނީ، ދިވެހިންނަކީ ފުޓްބޯޅައަށް އަބަދުވެސް ވަރަށް ބޮޑަށް ލޯބިކުރާ ބައެއް ކަމުން، އެ ކުންފުނިން ފަށާ ޕްރޮމޯޝަން މެދުވެރިކޮށް، ގޭގައި ތިބެގެންވެސް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މިމަހުގެ 15 އިން ފެށިގެން އަންނަ މަހުގެ ނިޔަލަށް “ކޯކް، ފުޑް އެންޑް ފުޓްބޯލް”ގެ ނަމުގައި ހިންގާ އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 300 އެމްއެލް، 500 އެމްއެލް، 1.25 ލީޓަރު އަދި ދެ ލީޓަރުގެ ކޯކު ފުޅި ގަނެގެންނެވެ.

އެގޮތުން ޕްރޮމޯޝަނަށް ހާއްސަކޮށް ބާޒާރަށް ނެރެފައިވާ ރަންކުލައިގެ މަތިޖެހި ކޯކު ފުޅީގެ މަތިގަނޑުގެ އެތެރޭގައި އިންނަ ކޯޑު 2626އަށް އެސްއެމްއެސް ކުރުމުން އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އިނާމު ބަލާ ދާއިރު ގުރުއަތުން ހޮވޭ ކޯޑު ހިމެނޭ މަތިގަނޑު ގެންދަން ޖެހެއެވެ.

ޕްރޮމޯޝަންގައި ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި ހިމެނެނީ 20 ސްމާޓްފޯން، 50 އިންޗީގެ 25 ޓީވީ، ކޯކުގެ ލޯގޯ ޖަހާފައިވާ 45 ލިމިޓެޑް އެޑިޝަން ކުދި ފުރިޖު އަދި ކޯކުގެ ބްރޭންޑް ކޮށްފައިވާ 225 މާޗެންޑައިޒްއެވެ. މި އިނާމުތަކުގެ ތެރެއިން ފުރިޖަކީ ކޮންމެ ދުވަހަކު ދޭ އިނާމެކެވެ.

“ކޮކާ-ކޯލާ އާއި ފުޓްބޯޅަ ވަނީ ގުޅިލާމެހިފައި. ގޭގައި ތިބެގެން ރައްކާތެރިކަމާ އެކު ފުޓްބޯޅަ ބަލައިލުމުގެ ފުރުސަތު ދިވެހިންނަށް ފަހިކޮށްދިނުމަށްޓަކައި، ކޯކުގެ މީރު ރަހައިން ކާތަކެތި އިތުރަށް ފުރިހަމަކޮށްލައި އަދި އަގުހުރި އިނާމުތަކެއް ހޯދޭނެ މި ޕްރޮމޯޝަން ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް. ދިވެހިންނަކީ ފުޓްބޯޅައަށް ވަރަށް ބޮޑަށް ލޯބިކުރާ ބަޔަކަށްވާ އިރު، މި ފޯރީގައި ކޮކާ-ކޯލާ އިން ބައިވެރިވުމުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފުޓްބޯޅަށް އަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ،” ކޮކާ-ކޯލާ ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހަ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 135 އަހަރު ވަނީ ވެފައެވެ.

ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ- ކޯލާ ކޮމްޕެނީ އިން ވަނީ ކަރު ހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފައެވެ. މީގެ އިތުރުން، އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައްވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށްގެންދެ އެވެ.

ގޭގައި ތިބެގެން މިހާ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތެއް މީގެ ކުރިން ލިބިފައެއް ނުވެއެވެ. އާއިލާ އަދި ރަށްޓެހިންނާއެކު ޕްރިމިއާ ލީގުގެ މެޗުތައް ބަލާލަން އެއްތަންވެލައި ކޯކުގެ މީރު ރަހައާއެކު ލުއިކާނާ އަށް އިންސާފު ކޮށްލައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް މިހާރު މިވަނީ ފަހިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: