ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު މީހުން ލައްވައި ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓްރީ ނުކުރުމަށް ނިންމައިފި

ފެމިލީ ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބެގެން ބޭރު މީހުން ލައްވައި ކުރާ ކައިވެނިތައް ރަޖިސްޓްރީކޮށްދިނުން ހުއްޓާލަން ފެމިލީ ކޯޓުން ނިންމައިފި އެވެ.

ފެމިލީ ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ ކައިވެނި ކުރާ ދެ މީހުން ރާއްޖޭގައި ތިބެގެން ރާއްޖެއިން ބޭރުގެ ޖަމާއަތްތަކުގައި ތިބޭ ކޯޓުން ބޭރުގައި ކައިވެނިކުރުމުގެ ހުއްދަ އޮންނަ މީހުން މެދުވެރިކޮށް ކުރާ ކައިވެނިތައް އަންނަ ހަފުތާއިން ފެށިގެން އެ ކޯޓުން ރަޖިސްޓްރީކޮށް ނުދޭނެ ކަމަށެވެ.

އަދި މީގެ ތެރޭގައި ކައިވެނިކުރާ އެކަކު ރާއްޖޭގައި ހުރެގެން އެގޮތަށް ކައިވެނި ކުތިނަމަވެސް، އެފަދަ ކައިވެންޏެއް ރަޖިސްޓްރީކޮށް ނުދޭނެ ކަމަށް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުން މެދުކަނޑާލާފައި އޮތުމަށް ފަހު އަންނަ ހަފުތާއިން ފެށިގެން ކޯޓުން ބޭރުގައި ވެސް ކައިވެނިކޮށް ދޭން ފަށަން ނިންމާފައިވާ ކަމަށް ފެމިލީ ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މިގޮތުން ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައި ކޯޓުން ބޭރުގައި ކައިވެނިކޮށް ދޭނެކަމަށް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ތިބެގެން، ބޭރު މީހުން ލައްވައި ކުރާ ކައިވެނިތައް ރަޖިސްޓްރީކުުރުން ހުއްޓާލިނަމަވެސް، މީގެ ކުރިން އެ ކޯޓުން، ބޭރުގެ ޖަމާއަތްތަކަށް ނިސްބަތްވާ މީހުން މެދުވެރިކޮށް ކުރާ ކައިވެނިތައް ރަޖިސްޓްރީކޮށްދީފައިވެއެވެ. މިފަދައިން ކުރާ ކައިވެނިތައް މީގެކުރިން އެކޯޓުން ރަޖިސްޓްރީ ކުރީ ފެމިލީ ކޯޓުން ހުއްދަދޭ ޖަމާއަތްތަކުގެ މީހުން ކުރުވާ ކައިވެނިތަކަށް އެކަންޏެވެ.

ވަރަށް ގަދަ
56%ވަރަށް ގަދަ 22%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: