ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާބިރު، ގާސިމްއަށް ފަސް މިލިއަން ރުފިޔާ ދިން ކަމަށް ވިދާޅުވާ ވާހަކަ ދޮގުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަަށް ފަސް މިލިއަން ރުފިޔާ ދެއްވި ކަމަށް ވިދާޅުވި ވާހަކަ ދޮގު ކޮށްފިއެވެ.

އެ ފައިސާތައް ގާސިމަށް ދިން ކަމަށް ޖާބިރު ވިދާޅުވަނީ މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މެދުވެރިކޮށެވެ. އެ މައްސަލައިގެ އިތުރުން އިތުރު ދެ މައްސަލައެއް ހުށަހަޅާފަ އެވެ.

އެކަމާ ގުޅިގެން ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު މިއަދު ވިދާޅުވީ ޖާބިރު، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައި މިދިޔަ ރިޔާސީ އިންތިހާބަށް ޖާބިރު، ގާސިމަށް ފައިސާތަކެއް ދިން ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ގާސިމް ވިދާޅުވެފައިވާ ކަމަށެވެ.

އަލީ ސޯލިހު ވަނީ އެފަދަ ދޮގުތައް ހެދުން ހުއްޓާލުމަށް ޖާބިރަށް ގޮވާލައިފައެވެ. އަދި އިންސާނުންގެ ކަރާމަތަށް އަރައިގަތުމަށް ޖާބިރު ކުރައްވާ ނާތަހުޒީބު އަމަލުތައް މިހާރު ބޮޑު ޖޯކަކަށްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ ޖާބިރު މިފަދަ ބުހުތާނު ދޮގު ވާހަކަ ދެއްކުން ވަގުތުން ވަގުތަށް ހުއްޓާލައި، ހެއްދެވި ފަރާތަަށް ތައުބާވާން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އިންސާނުންގެ ކަރާމަތަށް އަރައިގަތުމަށް ޖާބިރު ކުރައްވާ މި ނާތަހުޒީބް އަމަލުތައް މިހާރު މި ގައުމުގައި ވަނީ ބޮޑު ޖޯކަކަށް ވެފައި ކަމަށާއި މީހުންގެ މުދަލަށް ގެއްލުން ދިނުމާއި މަޖިލިހާއި މަޖިލީހުން ބޭރުގައި ޖާބިރުގެ ބަސް މަގު ހުރި ގޮތުން ޖާބިރު ބުއްދި ސަލާމަތުން ހުރިތޯ ބަލަން ޖެހޭ ކަމަށެވެ.

އަދި ޖާބިރަކީ މަސްތުވެގެން އުޅޭ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ބުނަމުންދާ ކަމަށާއި އެހެންކަމުން އޭނާ މަޖިލީހަށް ވެއްދުމުގެ ކުރިން ޓެސްޓު ހެދުމަށްވެސް އަލީ ސޯލިހު ވަނީ ގޮވާލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: