ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަކްރަމަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް އެމްޑީޕީން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީން އަކްރަމަށް މިދިޔަ ހަފްތާގައި ފޮނުވި ސިޓީގައި ބުނެފައިވަނީ އަކްރަމްގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް އޭސީސީން ބުނެފައިވާތީ އިންތިހާބުގައި ވާދަކުރުމަށް އޭނާ ޝަރުތު ހަމަނުވާކަމަށް ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީއެއްގައި އަކްރަމް ވަނީ އެ ނިންމުން ސައްހަ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެގޮތުން އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދިފައެވެ.

އަކްރަމް އިއްޔެ ވަނީ އޭނާ އަށް އިންތިހާބުގައި ބައިވެރިވެވޭނެކަން އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ނިންމިކަން ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އަކުރަމް ކުރިމަތިލައްވަން ނިންމެވީ މާލެ ދާއިރާގެ ރައީސް ކަމަށެވެ. އޭނާއާ ވާދަކުރައްވަނީ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: