ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާރޓްސް އެންޑް ލިޓްރޭޗަރުގެ ޑީންއަކަށް ޢަޝްރަފް ޢަލީ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އަމިއްލަ އެންެ ބޮޑު އެއްކޮލެޖްކަމުގައިވާ އެވިޑް ކޮލެޖްގައި އާރޓްސް އެންޑް ލިޓްރޭޗަރގެ ނަމުގައި އަލަށް ފެކަލްޓީއެއް އުފައްދަވައި އެފެކަލްޓީގެ ޑީން ކަމުގައި، ދިވެހިބަހުގެ އެކެޑެމީގެ ރައީސްގެ މަޤާމުގައި ކުރިން ހުންނެވި އަލްފާޟިލް ޢަޝްރަފް ޢަލީ ހަމަޖައްސަވައިފިއެވެ.

މިއަދު ހެނދުނު އެކަމަށްޓަކައި އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި ބޭއްވެވި ރަސްމިއްޔާތުގައި ޢަޝްރަފް ޢަލީއަށް ޑީންގެ މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވެވީ އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗެއަރމަން މުސްތާޤް ވިދާޅުވީ އެވިޑް ކޮލެޖަކީ އަބަދުވެސް ދިވެހިބަހަށާއި ބަހާއި ގުޅުންހުރި ކަންކަން ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރަމުން އަންނަ ކޮލެއްޖެއް ކަމަށާއި މިއިފްތިތާހުކުރެވުނު ފެކަލްޓީއަކީވެސް އެކަންކަމަށް ޚާއްޞަކޮށްގެން އުފެއްދުނު ފެކަލްޓީއެއްކަމަށެވެ. އަދި ފެކަލްޓީގެ ޑީންގެ ގޮތުގައި ޢަޝްރަފް ޢަލީ މަސައްކަތްކުރައްވަން ފެއްޓެވުމުން އިތުރު ކާމިޔާބީތަކަށް ވާސިލްވެވޭނެކަމަށެވެ.

ފެކަލްޓީ އޮފް އާރޓްސް އެންޑް ލިޓްރޭޗަރގެ ޑީންގެ މަޤާމުގެ ލިޔުމާއި ޙަވާލުވެލެއްވެވުމަށްފަހު އަޝްރަފް ޢަލީ ވިދާޅުވީ އެވިޑް ކޮލެޖުން އެމަނިކުފާނަށް މަރުހަބާ ކިޔުުމުން ވަރަށް ހިތްހަމަޖެހި އުފާވާކަމުގައެވެ. އަދި މާކުރިއްސުރެވެސް އެވިޑްކޮލެޖްގައި ތަފާތު ކޯސްތަކުގައި ބަހާއިބެހޭ މާއްދާތައް ކިޔަވައި ދެއްވަމުން އަންނަކަމުގައެވެ.

ފެކަލްޓީ އޮފް އާރޓްސް އެންޑް ލިޓްރޭޗަރ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ސީނިއަރ މެނޭޖެމްނޓްގެ ބޭފުޅުން ބައިވެރިވެލެއްވެވިއެވެ.

އެވިޑް ކޮލެޖަކީ ތަފާތު ދާއިރާތަކުން ތަފާތު ލެވެލްތަލުގައި މިހާރުވެސް ދެހާހަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމު ހާޞިލްކުރަމުންގެންދާ ކޮލެޖެކެވެ. މަޢުލޫމާތު ލިބުނުގޮތުގައި މިފެށޭ ސެޕްޓެމްބަރުމަހު އެވިޑް ކޮލެޖުން ފެށުމަށް ހަމަޖައްސާފައިވާ ސެމެސްޓަރގެ އެެންމެހާ ކަންކަމަށް މިހާރުދަނީ ތައްޔާރުވަމުންނެވެ. ކޯސްތަކުގައި ޖާގަހުރި މިންވަރަކުން އެޕްލައިކުރާ ހުރިހާ ކުދިންނަށްވެސް އެންމެފަހުވަގުތާ ޖެހެންދެންވެސް އެވިޑް ކޮލެޖުން ފުރުޞަތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ސެޕްޓެމްބަރުމަހުގެ ފުރަތަމަ ހަފްތާތެރޭގައި ސެމެސްޓަރގެ ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: