ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެވިޑް ކޮލެޖުން އޭއޭއޭ އާއެކު ހެދި އެއްބަސްވުން ބާތިލްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ، އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އިން އައްޑޫ ސިޓީ ގަމުގައި ހިންގަމުން އައި ފްލައިން ސްކޫލްގެ ހިންގުމާއި ހަވާލުވުމަށް ކަމަށް ބުނެ އެވިޑް ކޮލެޖާއި އޭއޭއޭ އާއި ދެމެދު ހެދި އެއްބަސްވުން ބާތިލުކޮށްފިއެވެ.

އޭއޭއޭގެ ހާލަތު ބޮއްސުންލައިގެން ދިއުމުން، އެ ތަނުގެ ހިންގުމާ މިދިޔަ ޖޫން މަހު ވަނީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެވިޑް ކޮލެޖުން ހަވާލުކޮށްފައެވެ.

އެއްބަސްވުން ބާތިލުކުރިކަން އެވިޑުން ހާމަކުރީ ފްލައިން ސްކޫލްގެ ދަރިވަރުންނާއެކު މިއަދު މެންދުރު ބޭއްވި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި އެވިޑްގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު ވިދާޅުވީ އެއްބަސްވުން ބާތިލުކުރީ ސަރުކާރުގެ ބައެއް މުއައްސަސާތަކުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުން ކަމަށާއި ފްލައިން ސްކޫލް ހިންގުމަށް ކުރަމުން އައި ހުރިހާ މަސައްކަތްތަކެއް މިހާރު ހުއްޓާލާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އޭއޭއޭ އާ އެކު ހެދި އެއްބަސްވުން ބާތިލް ކުރި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެވިޑްގެ އަމިއްލަ ފްލައިން ސްކޫލެއް ފަށަން ރާއްޖޭން ބޭރު ފްލައިން ސްކޫލްތަކާ ވަނީ މަޝްވަރާކޮށްފައެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: