ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފުރަތުގެ ބިލަށް ގެނެވިދާނެ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ނަފްރަތުގެ ބިލާއި ގުޅޭގޮތުން އިސްލާމީ ޝަރީއާގެ އިލްމީ ބޭފުޅުންނާއި އެޓާނީ ޖެނެރަލްގެ އޮފީހުން މަޝްވަރާކޮށްފިއެވެ.

އޭޖީ އޮފީހުން ބުނީ ނަފުރަތުގެ ބިލާ ގުޅޭ ގޮތުން ކަމާބެހޭ މިނިސްޓްރީތަކުގެ ވެރިންނާއި އިސްލާމީ ޝަރީއާގެ ދާއިރާގެ އިލްމީ ބޭފުޅުންނާ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި އެއީ ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައްދަލުވުންތަކެއް ކަމަށްވެސް ބުންޏެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ޖުޑީޝަރީ ކޮމީޓީން ފާސްކޮށްފައިވާ ބިލުގެ ދެލިކޮޕީއާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެ ބިލު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ގެނެވިދާނެ ބަދަލުތައް ހުށަހެޅި ކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.

އެ ބިލާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލަކީ އެ އޮތް ގޮތަށް ފާސްކުރަންޖެހޭ ބިލެއް ނޫން ކަމަށާއި އެ ބިލުގައި އިސްލާހުކުރަންޖެހޭ ކަންކަމާއި ބަދަލުކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: