ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާތަކެއް

ނަމްބަރު ޕްލޭޓް އޮޓަމެޓިކުން ދެނެގަނެވޭ ފަދަ ކެމެރާތައް ބްރިޖްއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިނަމާލޭ ބްރިޖުގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

މި ދެ އެކްސިޑެންޓުވެސް ހިނގާފައިވަނީ  މާލެ އިން ހުޅުމާލެ އަށް ދާ ލޭނުގައެވެ.

މިގޮތުން އެއް އެކްސިޑެންޓަކީ ބްރިޖުގައި ދުއްވާފައި ދިޔަ މީހަކު ޑިވައިޑަރެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލާގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެފައިވާއިރު، އޭނާ މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާހޯދަމުންކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެ ހޮސްޕިޓަލުގެ ބަހެއް ނުލިބުމާއި ގުޅިގެން، އޭނާއަށް ލިބުނު ޒަހަމް ތަކުގެ ތަފްސީލު ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން ދެން ހިނގި އެކްސިޑެންޓަކީ ބްރިޖުމަތީގައި ދެ ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި އެކްސިޑެންޓުގައި އެތަނުން އެއް ކާރުގައި އިން މީހަކަށް އަނިޔާވެފައިވާ ކަމަށާއި، ލިބުނު އަނިޔާތަކަށް ގެންދަނީ ފަރުވާކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަތަކުގައި އުޅަނދު ދުއްވަން ތިބީ ލައިސެންސް އޮތް ބައެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މި ދެ އެކްސިޑެންޓާއި ގުޅޭގޮތުން މައުލޫމާތު އިތުރަށް ސާފުކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: