ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިއާން މަރުގެ ބަދަލަށް 4.5 މިލިއަން ރުފިޔާ ދޭން ޑަބްލިއު ކޮންސްޓްރަކްޝަންގެ މައްޗަށް ހުކުމް ކޮށްފި

ޖިއާންގެ މަރަށް އެއް އަހަރު ވާން ގާތްވެފައި، އާއިލާއިން ބޭނުން ވަނީ އިންސާފު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުން ދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލާދޭޝްގެ ރައުޝާން ޖިއާން މަރުވި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އިއްޔެ އެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފި އެވެ.

ޖީއާންގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓިފައިވަނީ ޑަބްލިޔު ކޮންސްޓަރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކުންނެވެ. ޖިއާންގެ މަރުގެ މައްސަލައާއި ގުޅިގެން އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ 17.4 މިލިއަން ރުފިޔާގެ ބަދަލު ނަގައިދިނުމަށެވެ.

އެ އާއިލާގެ ފަރާތުން މައްސަލައިގައި ވަކާލާތުކުރި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިއާން މަރުވެފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއްގެ ރަސްމީ މަސައްކަތުގެ ތެރެއިން ކުރި ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން ކަމަށް ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާގެ ތެރެއިން ނަގައިދެވޭނެ ބަދަލަކީ 4.2 މިލިއަން ރުފިޔާކަމަށް ޝަރީއަތުން ބުނެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެ ފައިސާ ދައްކަން އެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފައި ވަނީ ދެ މަސް ދުވަހުގެ ތެރޭގަ އެވެ.

ޕީއައިއެލްސީ އިން ބުނީ ކޯޓުން އެގޮތަށް ހުކުމްކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. އެހެންކަމުން ހުކުމުގެ އެ ބައި ހައިކޯޓުގައި އިސްތިއުނާފް ކުރަން އާއިލާގެ ފަރާތުން ބޭނުންނަމަ އިސްތިއުނާފް ކުރާނެ ކަމަށެވެ. ނަމަވެސް އެ ހުކުމާ ގުޅޭ ގޮތުން ޖިއާންގެ މައިންބަފައިން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގައި ދައުލަތުން އުފުލި ދައުވާ ސާބިތުވެ އެއް ބިދޭސީއަކު 6 އަހަރަށް ޖަލަށްލާން ހުކުމްކުރިއިރު އިތުރު ބިދޭސީއަކު 3 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. ދެން މި މައްސަލާގައި ހިމެނޭ އަނެއް ދެ ބީދޭސީން ވަނީ 7200 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: