ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމަށް އާދަމް މުހައްމަދު ސިވިލް ކޯޓަށް ނިމާލް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދު އަދި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ނިމާލް ޖުނައިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓްގެ އިސްގާޒީ އައްޔަންކޮށް މަގާމުގެ ފަތްކޮޅު އެބޭފުޅުންނަށް އަރުވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިވިލް ކޯޓާއި ކްރިމިނަލް ކޯޓްގެ އިސްގާޒީ ކަމަށް އެކޮމިޝަނުން ކޮށްފައިވާ ދެ އިއުލާނުގެ ދަށުން އެ މަގާމަށް ކުރިމަތިލީ ފަރާތްތަކާ ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީން އިންޓަރވިއު ކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރުން އައްޔަން ކުރުމަށް ލަފާދޭ ކޮމިޓީގެ އިންޓަރވިއުއަށްފަހު، ކްރިމިނަލްކޯޓްގެ ގާޒީ ކަމަށް އައްޔަން ކުރުމަށް ލަފާ އަރުވާފައިވާ ޅ. ހިންނަވަރު މާތިލަ، އަލްއުސްތާޛު އާދަމް މުޙައްމަދު ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ހަމަޖައްސައި މަގާމްގެ ފަތްކޮޅު އަރުވާފައިވާ ކަމަށެވެ.

މީގެ އިތުރުން ސިވިލް ކޯޓްގެ ގާޒީ ކަމަށް އައްޔަން ކުރުމަށް ލަފާއަރުވާފައިވާ ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދު ސިވިލް ކޯޓުގެ އިސްޤާޟީ ކަމަށް ހަމަޖެއްސުމަށް މެއި މަހުގެ 03 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާ، 2023 މޭ 09 ވަނަ ދުވަހު ވަނީ ފަތްކޮޅު އަރުވާފައި ވާ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: