ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެލެގްރާމް ގްރޫޕެއް ހިންގި ދިވެއްސެއް، އަތުގައި މިލިއަނަކަށް ވުރެ ގިނަ ބަރަހަނާ ފޮޓޯ!

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ސޯޝަލް މީޑިއާގެ ވަސީލަތެއްކަމަށް ވާ ޓެލެގްރާމްގައި ގްރޫޕެއް ހަދައި، އެ ގްރޫޕަށް މީހުންގެ ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް އަޅަމުން ދިޔަ މީހެއް ގެންގުޅުނު ހާޑް ޑްރައިވްއަކުން މިލިއަނަކަށް ވުރެ ގިނަ ބަރަހަނާ ފޮޓޯ ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮޓޯޓައް ލީކުކޮށް އެކި މީހުންނަށް ބިރު ދެއްކުމާއި، އަދި އެކި މީހުންގެ ފޮޓޯތައް ލައި ސައްހަ ނޫން މުއާމަލާތްތައް ކުރާ މައްސަލަ ރާއްޖޭގައި ވަނީ ބޮޑުވެފަ އެވެ. ހާއްސަކޮށް ފަހަކަށް އައިސް ޓެލެގްރާމްގެ އެކި ގްރޫޕުތަކުގައި އެކި މީހުންގެ ފޮޓޯތައް ލީކުކޮށް ވައިރަލް ކުރާ މައްސަލަ ބޮޑެވެ. އަދި އެފަދަ ގްރޫޕުތައް ގިނަ އަދަދެއްގެ ދިވެހިން ދަނީ ބޭނުން ކުރަމުންނެވެ.

ފޯނެއް ހެކް ކުރުމަށް ފަހު އޭގައި ހުރި ފޮޓޯތަކެއް ލީކު ކުރި މައްސަލައެއްގެ ތަހުގީގަށް ހައްޔަރު ކުރި މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ފުލުހުން ބުނީ، ތުހުމަތު ކުރެވޭ މީހާގެ ކޮމްޕިއުޓާރ ސިސްޓަމުން މިލިއަނަކަށް ވުރެ ގިނަ ފޮޓޯ ފެނިފައިވާ ކަމަށެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ މއ. އިސްޕަންޖުގޭ، އުމުރުން 36 އަހަރުގެ މަސާއިދު ބިން ސަމީއު އެވެ.

ސަމީއުގެ ބަންދުގެ މުއްދަތު އިތުރުކޮށްދޭން އެދި ފުލުހުން ބުނީ، ސިސްޓަމްގެ ދެ ހާޑް ޑްރައިވްއަކުން ފެނުނު ފޮޓޯތަކުގެ ތެރޭގައި އެކި މީހުންގެ ޒާތީ ދިރިއުޅުމާއި ގުޅުން ހުރި ފޮޓޯތަކާއި ބަރަހަނާ ފޮޓޯތައް ހިމެނޭ ކަމަށެވެ. އަދި އެ ފޮޓޯތަކުގެ އަދަދު މިލިއަނަކަށް ވުރެ ގިނަކަމަށް ބުންޏެވެ.

މައްސަލައިގެ ތަހުގީގު ކުރިޔަށްދާކަން ފާހަގަކޮށް ފުލުހުން ބުނީ، ސަމީއު މަސައްކަތް ކުރާ އޮފީހުން ވެސް ހާޑް ޑްރައިވްތަކެއް ހޯދާފައިވާ ކަމަށާއި ގެ ބަލާ ފާސްކުރުމުގެ ތެރެއިން ހަތް ހާޑު ފެނިފައިވާ ކަމަށެވެ. އެހެންވެ އެ ތަހުލީލު ކުރުމުގެ މަސައްކަތް ކުރިޔަށްދާތީ، އެ ތަކެތީގައި ހުރި ފޮޓޯތަކުގެ ތަފްސީލު އަދި ނުލިބޭކަން ފާހަގަ ކުރި އެވެ.

ފުލުހުން ސަމީއުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މީހުންގެ އަމިއްލަ ފޮޓޯތަކާއި ބަރަހަނާ ފޮޓޯތައް ލީކުކޮށްލުން ހިމެނެ އެވެ. އެކަމުގެ ހެކި ކޯޓަށް ހުށަހަޅަމުން ފުލުހުން ބުނެފައިވަނީ، ސަމީއު ބޭނުން ކުރާ އައިޕީ އެޑްރެސްގެ ހިސްޓްރީ ދައްކާ ގޮތުން އެ އައިޕީގައި ބައެއް މީހުންގެ ފޮޓޯތައް ލީކުކޮށްފައި ވެއެވެ.

ފުލުހުން ހުށަހެޅި ހެއްކާއި ދެކޮޅަށް ސަމީއުގެ ވަކީލު ވިދާޅުވީ އެ ވާހަކަތައް ހެކި ގަރީނާ ފޯމުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އެހެން ކަމުން ހެއްކަށް ރިއާޔަތް ނުކުރެވޭނެކަން ކަނޑައަޅައި ދިނުމަށް އެދުނެވެ. އަދި ވަކީލު ހުށަހެޅީ ސަމީއުގެ ބަންދަށް ލުޔެއް ދިނުމަށް ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އޭނާގެ ބަންދަށް އިތުރު ހަ ދުވަސް ޖެހުމަށެވެ.

ބަންދުގެ މަޖިލީހުގައި ދިފާއީ ވަކީލު ވިދާޅުވެފައިވަނީ ހުށަހަޅާފައިވާ ހެކި ގަރީނާ ފޯމުގައި ބަޔާން ކޮށްފައި ނެތް އެތައް އެއްޗެއް ފުލުހުން ޝަރީއަތުގެ މަޖިލީހުގައި ފާޙަގަ ކޮށްފައިވާ ކަމަށާއި އެހެންވެ އެ ތަކެއްޗަކީ ރިއާޔަތް ކުރެވޭނެ ތަކެއްޗެއް ނޫން ކަމަށް ކަނޑައަޅައިދޭން ޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: