ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފަހަރުވެސް މަޓީގެ ޗެއާމަނަކަށް އެމްޔޫ މަނިކު

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ)ގެ ޗެއާމަނަކަށް މި އަހަރު ވެސް މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އައްޔަން ކޮށްފިއެވެ.

މި މަހުގެ 8 ވަނަ ދުވަހު ބޭއްވި މަޓީގެ 31 ވަނަ އަހަރީ އާއްމު ޖަލްސާގައި އެ އެސޯސިއޭޝަންގެ ޗެއާރ އަކަށް އުމަރު އިންތިހާބުކުރިއިރު، މި ޖަލްސާގައި ބޯޑު މެމްބަރުންވެސް ވަނީ އައްޔަންކޮށްފައިވެއެވެ.

އެގޮތުން މަޓީގެ ދެ ވައިސް ޗެއާމަނުންނަށް މި ފަހަރުވެސް ޗަމްޕާ ހުސެއިން އަފީފް އާއި ވޮޔޭޖަސް މޯލްޑިވްސްގެ ޑިރެކްޓަރު ސަލާހު ޝިހާބު ވަނީ އިންތިހާބުކޮށްފައެވެ.

މަޓީގެ ބޯޑަށް އިންތިހާބުވި މެންބަރުން:

  • މުހައްމަދު އުމަރު މަނިކު: ޗެއާމަން
  • ހުސެއިން އަފީފު: ވައިސް ޗެއާމަން
  • ސޮލާހު ޝިހާބު: ވައިސް ޗެއާމަން
  • އަހުމަދު ނަޒީރު: ސެކްޓަރީ ޖެނެރަލް
  • އައްސަދު އަލީ: ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް
  • އަހުމަދު ސިޔާމް މުހައްމަދު: އެގްޒެކެޓިވް ބޯޑު މެންބަރު
  • އިބްރާހިމް ނޫރައްދީން: އެގްޒެކެޓިވް ބޯޑު މެންބަރު
  • އިބްރާހިމް ޝިޔާން ގާސިމް: އެގްޒެކެޓިވް ބޯޑު މެންބަރު
  • އިބްރާހިމް ސިޔާދު ގާސިމް: އެގްޒެކެޓިވް ބޯޑު މެންބަރު
  • ޒުހައިލާ މަނިކު: އެގްޒެކެޓިވް ބޯޑު މެންބަރު
  • އައިޝަތު ނީނާ އަހުމަދު: އެގްޒެކެޓިވް ބޯޑު މެންބަރު
  • ގޯޑަން އެންޑްރިއު ސްޓުއާޓް: އެގްޒެކެޓިވް ބޯޑު މެންބަރު
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: