ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުން ހެދި ގޯސްތަކެއްގެ ސަބަބުން މިނިވަންވި އަމީންގެ މައްސަލަ ސުޕްރީމް ކޯޓަށް!

ޓެރަރިޒަމްގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ، އަމީން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއެސް ޖަމާއަތުން ރާއްޖޭގެ އަމީރުކަމަށް ބުނާ މުހައްމަދު އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކޮށް، އޭނާ މިނިވަން ކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު އެ ކޯޓަށް ހުށަހަޅައިފި އެވެ.

އަމީން ދޫކޮށްލުމަށް ހައިކޯޓުން ހުކުމްކުރީ، ދައުވާ ކުރަންޖެހޭ މުއްދަތުގެ ތެރޭގައި އޭނާގެ މައްޗަށް އެ މަރުހަލާ ހިންގާފައި ނުވާތީ އެވެ. މައްސަލަ ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅިއިރު، ރޭގެ ވަގުތެއްގައި ހައިކޯޓުން ވަނީ އަމީން ފުރުން މަނާކޮށް ވަކި ގަޑިތަކެއްގައި އޭނާގެ މައްޗަށް މޮނިކޮންގެ އަމުރެއް ހިންގަން އަމުރެއް ނެރެފަ އެވެ. އަމީންގެ މައްޗަށް ހައިކޯޓުން ނެރުނު އަމުރުގެ ދަށުން އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ބޭރަށް ނުކުމެ އުޅުން މަނަލެވެ. އަދި މާލެއިން ބޭރަށް ދެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެންނެވެ.

ދައުވާގެ މުއްދަތާއި ގުޅޭގޮތުން ހައިކޯޓުން ނެރުނު ހުކުމާއި މެދު ހިތްހަމަނުޖެހި ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ހައި އިކޯޓުގެ ނިންމެވުމުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު މާނަކޮށްދީފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ. އަދި ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމާއި ދައުވާ ކުރުމުގެ ހާއްސަ މުއްދަތުތަކަށް އެ ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާ ކަމަށް ވެސް ޕީޖީން ވަނީ ބުނެފަ އެވެ.

ފުލުހުން ހިންގި ޚާއްސަ އޮޕަޜޭޝަނެއްގައި 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހައްޔަރު ކުރި އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާ އެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައިވާ މީހެކެވެ. އަމީން ބެލެވިފައިވަނީ، ރާއްޖޭގައި ހުންނަ އައިސްއެއްގެ ލީޑަރެއްގެ ގޮތުގައެވެ.

އަމީންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވުމެވެ. ޏ. ފުވައްމުލަކު ކަރިއްޔާވިލާ، އަމީންގެ މައްސަލައާއި ގުޅޭގޮތުން ޕީޖީ އޮފީހުން އޭނާގެ މައްޗަށް ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ކޮށްދިނުމަށް އެދި ފޮނުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އަމީނަކީ ސަލްޓަން ޕާކް ބޮމުގެ ހަމަލާއާއި ބައިވެރިވުން އޮތް މީހެކެވެ. އެހެން ނަމަވެސް އޭނާ ހައްޔަރު ކުރުމަށް އުޅުމުން ފިލައިގެން ގޮސް އުޅުނީ ރާއްޖެއިން ބޭރުގައެވެ. އެއަށްފަހު އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. ސަލްޓަން ޕާކުގެ ބޮމުގެ ހަމަލާއަށްފަހު ފުލުހުން 2011 ވަނަ އަހަރު އޭނާ ލަންކާއިން ހައްޔަރު ކުރިއެވެ. އޭނާ މާލެ ގެނެސް ދޫކޮށްލުމުން، އޭގެ ފަހުން އަނެއްކާވެސް ފިލައިގެން ގޮސް އުޅުނީ ލަންކާގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: