ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން އެދުނު ގޮތަށް، މެންދުރު ސެޝަން ކުރިޔަށް ނުގެންދާނެ!

ސުޕްރީމް ކޯޓުގެ އިސްތިއުނާފު އަޑުއެހުމުގައި ރައީސް ޔާމީން އަބްުދުލްގައްޔޫމް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ހާލަތު ތަން ނުދޭތީ، މަނީ ލޯންޑްރިން ދައުވާގެ އިސްތިއުނާފު އަޑުއެހުންތައް ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިޔަށް ނުގެންދިއުމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްުގެ ފަރާތުން ހުށަހެޅި، ހުށަހެޅުން ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން 05 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، މިވަގުތު ކުރިޔަށް ދަނީ މައްސަަލައިގެ އިސްތިއުނާފު އަޑުއެހުންތަކެވެ. ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މި މަހުގެ 12 ގައި ފަށާ، އަޑުއެހުންތައް ތާވަލު ކުރެވިފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިޔަށް ގެންދާށެވެ. އެއީ ހެނދުނު 09:00 އިން މެންދުރު 12:00 އަށް، އަދި އެއް ގަޑިއިރުގެ މެދުކެނޑުމަކަށް ފަހު 13:00 އިން ފެށިގެން 15:00 އަށެވެ.

ޖުމްލަ އިސްތިއުނާފީ 22 ނުކުތާއެއް ހުށަހަޅައި، ކުރިޔަށް ގެންދާ އަޑުއެހުންތަކުގައި ރައީސް ޔާމީން ވަނީ ގިނަ ވަގުތު ކޯޓުގައި ހުންނެވުމަށް އުނދަގޫވާކަން ފާހަގަކޮށްފަ އެވެ. އަދި އެމަނިކުފާނުގެ މައިބަދައިގެ މައްސަލަތަކެއްގެ ސަބަބުން 06 ގަޑިއިރު ކޯޓުގައި ހޭދަ ކުރަން ފަސޭހައެއް ނޫންކަމަށް ވިދާޅުވި އެވެ. ރައީސް ޔާމީންގެ ފަރާތުން މި ނިކުތާ މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅުމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ، އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތް ފަށަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން ޑޮކްޓަރުންގެ ބައެއް ލިޔެކިއުން ހުށަހަޅާފައިވާކަމަށާއި، އެހެންވެ އެއަށް ރިއާޔަތްކޮށް މިއަދުގެ މެންދުރުގެ ސެޝަން ކުރިޔަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ބަދަލުތައް ގެނައި ނަމަވެސް، ޝަރީއަތުގެ ޝެޑިއުލްއަށް ބޫރުތަކެއް އަންނަކަމުގައި ވާނަމަ ބައެއް ދުވަސްތަކު ޝަރީއަތް މެންދުރު ވެސް ކުރިޔަށް ގެންދަން ޖެހިދާނެކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ދަށު ކޯޓުން ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ، މޯލްޑިވް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރެއްވިކަމަށް ސާބިތުވެގެންނެނެވެ. މި ހުކުމް ހައިކޯޓުން ވެސް ވަނީ ދަމަހައްޓާފަ އެވެ.

ސުޕްރީމް ކޯޓުގައި ކުރިޔަށް ދާ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއާއި، ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރު، އަދި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: