ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ.ގެ އާންމު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްއާއި، ފޮރިން މިނިސްޓްރީގެ އިސްވެރިންނެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މިދަތުރު ފުޅުގައި މިއަދު އިސްކަންދަރު ސްކޫލުގެ ދަރިވަރުންނާއިވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބައެއް މުހިންމު އެހެން ބައްދަލުވުންތަކެއްވެސް މިއަދަށް ވަނީ ޝެޑިއުލް ކުރެވިފައެވެ. މިދަތުރުފުޅަކީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: