ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ބަންގްލަދޭޝަށް އެސްޓްރަޒެނެކާ ވެކްސިންގެ ދެ ލައްކަ ޑޯޒް ހަދިޔާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބަންގްލަދޭޝަށް އެސްޓްރަޒެެނެކާ ވެކްސިންގެ ދެ ލައްކަ ޑޯޒު ހަދިޔާކޮށްފިއެވެ.

ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބުނީ، ދިވެހި ސަރުކާރުގެ ފަރާތުން އިއްޔެ 201،600 އެސްޓްރަޒެނެކާ ވެކްސިން ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ދެ ގައުމުގެ ދެމެދު އިއްޔެ ސޮއިކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. އަދި ބަންގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއާ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަނެވެ.

ބަންގްލަދޭޝް ހައިކޮމިޝަނުން ބުނީ، ރާއްޖެއިން ހަދިޔާކުރި ވެކްސިން ގަތަރު އެއާވޭސްގެ ފްލައިޓެއްގައި މާދަމާގެ ވަގުތެއްގައި ދަކާސްތާ ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓަށް ދާނެ ކަމަށެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: