ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ-ސްރީލަންކާ މެޗަށް އިތުރު 1،000 ޓިކެޓު ވިއްކަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަދި ސްރީލަންކާ ބައްދަލުކުރާ މެޗަށް އިތުރު 1،000 ޓިކެޓު ވިއްކުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

ޓިކެޓް ވިއްކަން ފެށިތާ ދެގަޑިއިރެއްހާއިރުތެރޭ ޓިކެޓްތައް ހުސްވި މައްސަލައިގައި އާންމުން ހިތްހަމަނުޖެހި އިހުތިޖާޖް ކުރުމުން އަންނައިރު އެފްއޭއެމްއިން ވަނީ ނެރުނު ބަޔާނެއްގައި އިތުރު ޓިކެޓްތަކެއް ވިއްކުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

އެގޮތުން އެފްއޭއެމްއިން ބުނެފައިވަނީ ކުޅުންތެރިންގެ އާއިލާ އާއި އެފްއޭއެމްގެ ސްޕޮންސަރުންނާއި ފުޓްބޯޅަ ކުލަބުތަކަށް ވިއްކުމަށް ހަމަޖައްސާފައިވާ 2500 ޓިކެޓުގެ އިތުރުން ކުޅިބެލުންތެރިންނަށް ވިއްކުމަށް ހަމަޖައްސާފައިވާ ހުރިހާ ޓިކެޓެއް މިހާރު ހުސްވެފައިވާކަމަށެވެ.

ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން، ރާއްޖެ އަދި ސްރީލަންކާ ބައްދަލުކުރާ މެޗަށް އިތުރު 1،000 ޓިކެޓު ވިއްކުމަށް ނިންމައި، މި ޓިކެޓުތައް މިރޭ 20:00 ޖަހާއިރުން ފެށިގެން ސޯޝަލް ސެންޓަރުން ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: