ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާކްގެ ސެކްރެޓަރީ ޖެނެރަލް ރާއްޖޭގައި

ޝެއާރކޮށްލާ ކަހަލަދޯ؟

ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޯ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނަރަލް އީސާލާ ރޫވަން ރާއްޖެ ވަޑައިގެންފި އެވެ.

އިހްތިރާމުގެ ޒިޔާރަތެއްގައި ވީރަކޫން ރާއްޖެ ވަޑައިގެންފައި ވަނީ އިއްޔެއެވެ. އީސާލް ރާއްޖެ ވަޑައިގަތުމުން އޭނާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖު އަދި ސާކުގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަލީމް އެވެ.

މި ދަތުރުގައި ވީރަކޫން ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ބޭފުޅުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ އިތުރުން އެމްބެސެޑަރ އެޓް ލާރޖް، ކުރީގެ ސާކްގެ ސެކްރެޓަރީ އަހްމަދު ސަލީމް ހިމެނެއެވެ.

ސާކްގެ ސެކްރެޓަރީ ޖެނަރަލްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: