ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތް ދަރުވާލައި، މިހާރު އެ އުޅެނީ އެއާޕޯޓު އިންޑިއާ ބަޔަކަށް ދޭން: ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް، އަހްމަދު ޝިޔާމު/ ފޮޓޯ- އައްޑޫ ލަިއވް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ދަރަނިވެރިވެ، މި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާ ކުންފުންޏެއްގެ އަތްމައްޗަށް ދޫކޮށްލަންކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖީއެމްއާރާއި އެއާޕޯޓު ހަވާލުކޮށްފާނެ ކަމަށް ޝިޔާމު ވިދާޅުުވީ ރޭ ފިނޭންސް މިނިސްޓަރ، އިބްރާހިމް އަމީރު ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެމުންނެވެ. އަމީރުގެ ޓްވީޓުގައި ބުނެފައިވަނީ ޖިއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ ދިވެހި އިގްތިސާދަށް ގިނަ ގެއްލުން ތަކެއް ލިބުނު ކަމެއް ކަމަށާއި އެއީ ރާއްޖޭގައި ހިންގުނު އިގްތިސާދީ އެންމެ ބޮޑު ޖަރީމަކަމަށެވެ.

ޖީއެމްއާރުގެ ދިފާއުގައި އަމީރު ޓްވީޓެއް ކުރައްވާފައިވަނީ، އެއާޕޯޓު ޖީއެމްއާރަށް ދިނުމުގެ އެއްބަސްވުމަކީ ރާއްޖެއަށް ގެއްލުންވާ ގޮތަށް އޮތް އެއްބަސްވުމެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރިއިރު ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި ޒުލްފާ ވިދާޅުވި ވާހަކައަށް މީޑިއާގެ ސަމާލުކަން ލިބިފައި ވަނިކޮށެވެ.

މިގޮތުން ޖީއެމްއާރުގެ އަތުން އެއާޕޯޓު ހޯދުމުގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރުވެފައިވާކަމާއި އަސާސީ އެހެން ކަންކަމުން ބަޖެޓުން ހަރަދު ނުކުރެވޭކަން އަމީރު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުން، ޖީއެމްއާރު އެއާޕޯޓާއި ހަވާލުވެ މަސައްކަތްތައް ކުރިޔަށް ގެންދިޔަނަމަ ތަރައްގީގެ ރޮނގުން ކުރިއެރުންތަކެއް ލިބި، ރާއްޖޭގެ އިގްތިސޯދު ވަރުގަދަވެގެން ދާނެ ކަމަށެވެ.

ޖީއެމްއާރާއިއެކު އެއާޕޯޓު ތަރައްގީ ކުރެވުނު ނަމަ، ކޮވިޑުގެ ކުރިން ރައްޖެއަށް 6.7 މިލިއަން ފަތުރުވެރިން އައުން އެކަށީގެންވަކަމަށް އަމީރު ވިދާޅުވިއެވެ. މީގެ ސަބަބުން 13.2 ބިލިއަން ޑޮލަރު ގެއްލި، ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ގެއްލިގެން ގޮސްފައިވާކަމަށް އަމީރުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

އިދިކޮޅުގެ ނައިބު މިކަމަށް ރައްދު ދެމުން ބުނެފައިވަނީ މިއީ ޖީއެމްއަރާއި އެއާޕޯޓު ހަވާލުކުރުުގެެ ނުބައި ވިސްނުން ސަރުކާރުން ގެންގުޅޭ ކަން ހާމަވެގެންދާ ކަމެއްގެ ގޮތުގައެވެ. ޝިޔާމު ކޮށްފައިވާ ޓްވީޓުގައި ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި ދޮރާށި ބަޔަކާ ހަވާލު ކޮށްލުމަށް ގެންގުޅޭ މި ވިސްނުމަށް ދެކޮޅު ހަދާކަން ފާހަގަ ކޮށް ބުނެފައިވަނީ ވެލާނާ އިންޓެނޭޝަނަލް އެއާޕޯޓު ގުޅިފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ކަަމަށެވެ.

އެއާޕޯޓު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމުގައި ހިނގަމުންދަނިކޮށް، ޖީއެމްއާރާއި ހަވާލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. 25 އަހަރަށް ދީފައިވާ އެއާޕޯޓު ޖީއެމްއާރު އަތުން އަތުލީ އެމަނިކުފާނުގެ ވެރިކަން ބަދަލުވެ، ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ. އެ މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން، ކުންފުނިން މައްސަލަ ހުށަހެޅުމުން ދައުލަތުން ބަދަލެއްގެ ގޮތުގައި 2016 ވަނަ އަހަރު 4.1 ބިލިއަން ރުފިޔާ ދޭބް ޖެހުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: