ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީިއިން ގާއިމްކޮށްފައިވާ ސެލިއުލަރ ޓަވަރުތަކުގެ ހިދުމަތް ދޭން ފެށުމަށް ދިރާގާއި އެކު ސޮއިކޮށްފި

އެޗްޑީސީ އާއި ދިރާގު އިން އެްބަސްވުުގައި ސޮއި ކުރުން/ ފޮޓޯ:- އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފޭސް 2 ގައި ގާއިމުކޮށްފައިވާ ސެލިއުލަރ ޓަވަރުތަކުގެ ބޭނުންކޮށް ހިދުމަތް ދިނުމަށް ދިރާގާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ސޮއި ކުރެވުނު މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފޭސް 2 ވަކިން ހާއްސަކޮށް ހިޔާ ފްލެޓު ސަރަހައްދުގެ މުވާސަލާތީ ގުޅުމާއި މޮބައިލް ކަވަރޭޖް ރަނގަޅު ވެގެންދާނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕްލޭނާއި އެއްގޮތަށް އިތުރު ޓަވަރުތައް ހަރުކުރެވިގެންދާއިރު މި ޓަވަރުތައް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްނުމަށް މި ދާއިރާގައި ހިދުމަތް ފޯރުކޮށްދެމުންދާ އެހެން ކުންފުނިތަކާއިއެކު ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރުމަށް އެއްބަސްވުންތައް އެކުލެވިގެންދާނެކަމަށް އެޗްޑީސީ އިން ފާހަގަކޮށްފައިވެއެވެ.

ޓަވަރުތަކުގެ އެންމެ ބޮޑު މަގްސަދަކީ ވަކިވަކިން ގިނަ ޓަވަރުތަކެއް ހަރުކުރުމުގެ ބަދަލުގައި ހުޅުމާލެ ފޭސް 2ގެ ތަރައްގީގެ ޕްލޭނާއި އެއްގޮތަށް އެކަށީގެންވާ ވަރަށް ޓަވަރު ހަރުކޮށް އެކަށީގެންވާ ވަރަށް ހިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ ފަރާތްތަކުންވެސް ބައިވެރިވުމެވެ. މިގޮތަށް ޓަވަރުތައް ގާއިމު ކުރުުމުގެ ސަބަބުން މުވާސަލާތީ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުނިތަކުން ކުރަން ޖެހޭ އިންވެސްޓްމެންޓްގެ ހަރަދު ކުޑަ ވާނެ ކަމަށް ވެސް އެޗްޑީސީއިން ބުނެފައިވެއެވެ.

ހުޅުމާލޭގައި ފުރިހަމަ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ގާއިމުކޮށް މުވާސަލާތީ ހިދުމަތްތަކުން ގުޅާލަން އެޗްޑީސީ އިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ކުންފުނީން ފާހަގަކޮށްފައިވެއެވެ. އެގޮތުން ކުރިމަގުގައި ކަވަރޭޖް ރަނގަޅުކުރުމަށް ރޫފްޓޮޕް ޕޯލްސް އަދި ސްޓްރީޓް ޕޯލްސް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހުރިހާ ޓަވަރުތަކާއި ޕޯލްތަކަކީވެސް މުވާސަލާތީ ޙިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ބޭނުން ކުރެވޭނެ ގޮތަށް ހަރު ކުރެވިގެންދާނެ ވަސީލަތްތަކެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: