ހައުސިްނ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި، 53 ފްލެޓު އެޅުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެޑޯ އާއި އެކު އެއްބަސްވުމުގައި ސޮއިކޮށް، އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 12,290 އަކަފޫޓުގެ ބިމެކެވެ. މި އިމަރާތަކީ 53 ފްލެޓު އެކުލެވޭ އެޗްޑީސީ އިން ކަނޑައަޅާ ވަކި އަގެއްގައި ދޫކުރެވޭ ރެޒިޑެންޝަލް ޔުނިްޓްސް ތަކެކެވެ.
މި އިމަރާތަކީ 10 ފްލޯރ ގެ އިމާރަތަކަށް ވުމާއިއެކު، މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނީ 2025 ވަނަ އަހަރުގެ ކުރީކޮޅުގައިކަމަށް ލަފާކުރެވެއެވެ.
އެޗްޑީސީ އަކީ، މިފަދަ ހައުސިން ޔުނިްޓްތައް ބިނާކުރުމުގެ މަޝްރޫއުތައް ޕްރައިވެޓް ކުންފުނިތަކާއި ހަވާލުކޮށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ކުރިއަށް ގެންދާ ކުންފުންޏެކެވެ.

