ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރ އަތޮޅު ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، އެމްޓީސީސީ ފްލީޓްގެ އެންމެ ބޮޑު އެކްސްކަވޭޓަރ މިހާރު ވަނީ ހާރޑް-ސްޓްރޭޓާ ޑިމޮލިޝަންގެ މަސައްކަތަށް ހާބަރ ބޭސިންއަށް ޑިޕްލޯއި ކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މީގެ އިތުރުން ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 28.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: