ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމީ ވަޙްދަތާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ހުތުބާގައި ގޮވާލައިފި

/ ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ ވަހްދަތާއި ދީނަށް ތަބާވާ މީހުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުތުބާގައި ބުނެފައިވަނީ އިސްލާމްދީނުގެ އިރު ދުނިޔޭގެ މައްޗަށް އަލިވާން ފެށުނީ އިސްލާމީ ވަހްދަތުގެ ސަބަބުން ކަމަށެވެ. އަދި މާތް ވެގެންވާ ދީން ދުނިޔޭގެ އެކި ސަރަހައްދުތަކަށް ފެތުރެން މެދުވެރިވީ އިސަލާމީ އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ.

އިސްލާމީ އުސޫލުތަކުގެ މައްޗަށް ދުނިޔޭގެ ގައުމަތަކުން ތަބާއަވާން މެދެވެރިވި އެންމެ ބޮޑު ސަބަބަކީ އިސްލާމް ދީނަށް ކިޔަމަންވާ ފަރާތްތަކުގެ އެއްބައިވަންތަކާމާއި އެކުވެރިކަމުގެ ސަބަބުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި މި އެއްބައިވަންތަކަމާއި ވަހްދަތު، އުއްމަތު ތެރެއިން ނެތިދިއުމަކީ ދީން ރޫޅި ހަލާކުވެގެންދާނެކަމަށް ފާހަގަކުރިއެވެ. އަދި ދީން ހަލާކުތެރެއަށް ވެއްޓިގެން ދިއުމަކީ ދީނުގެ ދުޝްމަނުންނަށް ބާރުވެރިކަން ހޯދައިގަތުމަށް ދެވޭ ފުރުސަތެއް ކަމުގައި ވެސް ފާހަގަކުރިއެވެ. އިސްލާމީ އުއްމަތަށް ލިބިފައިވާ އެއްބައިވަންތަކަމާއި ވަހުދަތުގެ ސިފައާއި އެކު މިހާތަނަށް ދިމާވެފައިވާ އެންމެހާ މުސީބާތްތަކުން ހައްލު ހޯދުމުގެ ގާބިލުކަން ހުރިކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

މިކަން ހާސިލު ކުރުމަށް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ އިސްލާމީ ވަހުދަތަކަށް ބޭނުންވާ ބިންގާ ވަރުގަދަ ކުރުން ކަމަށް ހުކުރު ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

ހުކުރު ހުތުބާގައި އިލްތިމާސް ކޮށްފައިވަނީ އެއްބައިވަންތަ ކަމާއި އިސްލާމީ ވަހުދަތު ހިފެހެއްޓުމަށް ބޭނުންވާ އީމާންތެރިކަމާއި އިހްސާސްތަކުގެ އިތުރުން އަސާސުތަކުގެ ޝުއޫރުތައް ހަރުދަނާކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: