ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގައި ހުރި ކަންކަމަކީ ތަންފީޒުވާނެ ކަންކަމެއް ނޫން: ސެމްބެ

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް(ސެމްބެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓުގައި ހުރި ކަންކަމަކީ ތަންފީޒުވާނެ ކަންކަމެއް ނޫން ކަމަށާއި ބަޖެޓުގައި ހުރީ ޖަހާލާފައި ހުރި އަދަދުތަކެއްކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް(ސެމްބެ) ވިދާޅުވެއްޖެއެވެ.

ބަޖެޓު ދިރާސާކުރާ ކޮމެޓީއިން ބަޖެޓު ދިރާސާކޮށް ނިންމިގޮތުގެ ކޮމެޓީ ރިޕޯޓަށް ބަހުސްކުރައްވަމުން މެމްބަރު ވިދާޅުވީ ބަޖެޓުގެ ހިސާބުތައް ދިމާނުވާ ކަމަށެވެ. އަދި ބަޖެޓުގައި ހުރި ކަންކަމަކީ ތަންފީޒްވާނެ ކަންކަމެއް ނޫންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ބަޖެޓެއް އެކުލަވާލާއިރު ބަޖެޓުގައި ހިސާބު އަކުރުތައް ޖަހަނީ އަންދާޒާކޮށްފައި ކަމަށާއި އެހެންނަމަވެސް އަންދާޒާކޮށްފައި ޖަހާ އަދަދުތަކަކީ ރައްޔިތުންގެ ސިކުނޑިއަށް ގަބޫލުކުރެވޭވަރުގެ އަދަދުތަކަށް ވާންވާނެކަމަށް މެމްބަރު ވިދާޅުވިއެވެ. ބަޖެޓުގައި ޖަހާފައިވާ އަދަދުތަކަށް ފާޑުވިދާޅުވެ މެމްބަރު ވިދާޅުވީ ހުސްވި އަހަރު ޖެހި އަދަދުތަކާއި މިއަހަރު ޖަހާފައިވާ އަދަދުތަކާއި ދިމާނުވާކަމަށެވެ. ހުސްވި އަހަރު އެކުލަވާލި ބަޖެޓުގައި ހުރި އަދަދުތަކުގައާއި މިއަހަރު އެކުލަވާލި ބަޖެޓުގައި ޖަހާފައިވާ އަދަދުތަކުގައި ބޮޑު ފަރަގެއްހުރިކަމަށް ވިދާޅުވިއެވެ.

މިއަހަރަށް ލަފާކޮށް ހުސްވި އަހަރު އެކުލަވާލި ބަޖެޓުގައި ހިލޭ އާމްދަނީގެ ގޮތުގައި 30 މިލިޔަން ލިބޭނެކަމަށް ޖަހާފައިވާ ނަމަވެސް މިއަހަރު އެއަދަދު ޖަހާފައިވަނީ އޭގެ 25 އިންސައްތަ އުނިކުރުމަށްފަހު ކަމަށް މެމްބަރު ވިދާޅުވިއެވެ. ފިނޭންސް މިނިސްޓަރު އިސްވެ ހުންވައިގެން ބަޖެޓު ފޮތް އެކުލަވާލާއިރު މީގެ ސަބަބުން ރައްޔިތުންނަށް ވާނެ ގެއްލުންތަކާއިމެދު ވިސްނާލުމަކީ މުހިންމުކަމެއްކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި މިއަހަރު އެކަލަވާލާފައިމިވާ ބަޖެޓާއި ދޭތެރޭ ހިތާމަކުރާކަމަށް މެމްބަރު ވިދާޅުވިއެވެ.

“މިނިމަމް ވޭޖެއްގެ ވާހަކަ އުފަލާއިއެކީ ފާހަގަކުރަމުންދޭ. އެކަމަކު ފައިސާ ޗާޕްކުރަން ހުއްދަ ދިނީމި މިނިމަމް ވޭޖެއްގެ ބޭނުމެއް ނެތް” ސެމްބެ

ސެމްބެ ވިދާޅުވީ މިނިމަމް ޭޖްގެ ގޮތުގައި 6،000 ރުފިޔާ ނުވަތަ 7،000 ރުފިޔާ ކަނޑައެޅުމަށްފަހު ފައިސާ ޗާޕްކުރުމުން މިނިމަމް ވޭޖްގެ އެއްވެސް ފައިދާއެއް ރައްޔިތުންނަށް ނުކުރާނެކަމަށެވެ. ފައިސާ ޗާޕްކުރުމާއެކު އަނެއްކާވެސް އިންފްލޭޝަން މައްޗަށް ގޮސް، ކުއްޔާއި ތަކެތީގެ އަގު އުފުލިގެންދާނެކަން ފާހަގަކުރެއްވިއެވެ. އެހިސާބުން މިނިމަމް ވޭޖްގެ ސަބަބުން ލިބޭނެ އެއްވެސް ފައިދާއެއް ނެތްކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ނިސްބަތްވާ ދާއިރާގއި ހުރި ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާ ވިދާޅުވީ ދާއިރާގެ ތިން ރަށުގައިވެސް ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް އެކަން ހިމަނަމުން އަންނަތާ 15 އަހަރުވެފައިވާ ކަމަށެވެ.  ދައުލަތަށް ބިލިޔަނުން ހިލޭ އެހީއާއި އާމްދަނީ ލިބެމުްނދާއިރު ދާއިރާގެ ތިން ރަށުގެ ތެރެއިން އެއް ރަށެއްގައިވެސް މިކަމުގެ އަމަލީ މަސައްކަތް ފަށާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މެމްބަރު ނިސްބަތްވާ ދާއިރާގެ ތިން ރަށްކަމަށްވާ ފިޔޯރީ، ރަތަފަންދޫ އަދި ފަރެސްމާތޮޑާގެ ރައްޔިތުން ފެންވަރަނީ ލޮނު ފެނުން ކަމަށާއި ވާރޭ ނުވެހޭނަމަ ބޯން ބޭނުންކުރަނީވެސް އެފެން ކަމަށް ވިދާޅުވިއެވެ. ތިން ރަށުގެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ގިނަ އުނދަގޫތަކަކާއި ކުރިމަތިވަމުންދާކަމަށާއި މިއީ މިރަށްތަކުގެ ރައްޔިތުންނަށް ހައްގުވާ މިންވަރުނޫންކަމަށް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: