ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލްމާން މިސްކިތަށް ދައުލަތުން ކުރި ހަރަދު އަނބުރާ ލިބޭނެ: އަސްލަމް

ކިންގް ސަލްމާން މިސްކިތް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފަށާފައިވާ ކިންގް ސަލްމާން މިސްކިތަށް ދައުލަތުން ހަރަދުކުރި ކަމަށާއި އެހެންނަމަވެސް އެހަރަދު ސައުދީ ސަރުކާރުން ދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ އަސްލަމްއަށް ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ދާންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔައުގޫބް ވަނީ ސަލްމާން މިސްކިތް އިމާރާތްކުރުމަށް ދައުލަތުން 80 އިންސައްތަ ހަރަދުކޮށްފައިވާކަމަށް މައުލޫމާތުލިބިފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެއީ ކިހާވަރެއްގެ ހަގީގަތެއްތޯ ސާފުކޮށްދެެއްވުމަށް އެދި މިނިސްޓަރާއި ސުވާލުކުުރައްވާފައިވެއެވެ.

ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ކިންގް ސަލްމާން މިސްކިތް އިމާރާތްކުރަން ފަށާފައިވަނި ސައުދީ ސަރުކާރުގެ ހިލޭ އެހީގައިކަމަށެވެ. އެހެންނަމަވެސް ދައުލަތުން މިސްކިތުގެ ބޮޑު ބަޔަކަށް ހަރަދުކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެއީ ސީދާ 80 އިންސައްތައަށްވާ މިންވަރުކަން ނުވަތަ ނޫންކަން މިނިސްޓަރ ސާފުކޮށްދެއްވާފައެއް ނުވެއެވެ.

ދައުލަތުން މިސްކިތުގެ ބޮޑު ބަޔަކަށް ހަރަދުކުރި ނަމަވެސް ސައުދީ ސަރުކާރުން އެހަރަދު އަނބުރާ ދައްކާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސައުދީ ސަރުކާރުގެ އެނިޔަތް އެބައޮތް ކަމަށާއި ދައުލަތުން ހޭދަކުރި ފައިސާ ސައުދީ ސަރުކާރުން އަނބުރާ ދޭނެކަމަށް ޔަގީންކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުގެކަމާ ބެހޭ މުއައްސަސާތަކުން އެމަޝްވަރާތައް ކުރަމުންދާ ކަމަށާއި އެހެންކަމުން އާހިރުގައި ސައުދީ ސަރުކާރުން ކުރި ހަރަދަކަށް މިހަރަދުތައް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ސަލްމާން މިިސްކިތް ހުސްވި ރޯދަ މަހަށް ހުޅުވުމަށްވެސް ތައްޔާރީތަކެއްވިއެވެ. އޭގެ ފަހުންވެސް ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން ހާމަކުރިއިރު ސަރުކާރުން ބުނެފައިވާ ގޮތުގައި މިސްކިތް ހުޅުވުން ލަސްވަނީ ސައުދީއިން އަންނަންޖެހޭ ވަފްދެއް އައުމުގައި ދިމާވި ދަތިތަކާއި ގުޅިގެންނެވެ. ސައުދީ ވަފްދު އަންނާނެ ތާރީހެއް ސަރުކާރުން ދިންނަމަވެސް، ފަހުން އެ ވަފްދު އައުން ވަނީ ލަސްކޮށްފަ އެވެ.

މިކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު އާއި ައިދިކޮޅުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިސްކިތް ހުޅުވެންވާއިރަށް އެ ތަނަށް މުވައްޒަފުން ނެގުމުގެ މަސައްކަތް މިނިސްޓްރީން ފަށާއިވާއިރު، ގާތް ގަނޑަކަށް 30 މުވައްޒަފުން، އެ މިސްކިތުގެ އެކި ވަޒީފާތަކަށް ނަގާނެއެވެ. މި މިސްކިތަކީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ އަލްކޭ-ޓަރމެކްސްއިން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ހިލޭ އެހީގެ ދަށުން ބިނާ ކޮށްފައިވާ މިސްކިތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: