ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެވެށި އަނިޔާގެ ގޯސް އަމަލުތައް ހުއްޓުވަން ޖެހޭ: ހުތުބާ

/ ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި މުޖުތަމައުގައި އެންމެ ބޮޑަށް ދިމަވާ އެއް މައްސަލަކަމަށްވާ އަނިޔާ ދިނުމުގެ އަމަލާއި ދުރުހެލިވުމަށް މިއަދު ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދު ހުތުބާގައި ބުނެފައިވަނީ މުޖުތަަމައު އިން އެންމެ ގިނައިން އިވެމުންދާ އެއް އަޑަކީ ގާތް ފަރާތްތަކުން އެކަކު އަނެކާއަށް ތުރާ ތަކާއި އަނިޔާތަކުގެ ވާހަކަކަމަށެވެ. މީގެތެރެއިން އެންމެ ބޮޑަށް އަޑުއިވެނީ ގެވެށި އަނިޔާގެ ވާހަކަތައްކަމަށް ވެސް ބުނެފައިވެއެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ މުސްލިމް އަންހެނުންނަކީ މުޖްތަމައުގެ އެއްބައެއްކަމަށާއި އެއީ މުސްލިމް ފިރިހެނެއްގެ އަނބިމީހާ ނުވަތަ މައެއް ނުވަތަ ދަރިއެއް ނުވަތަ އުހުތަކަށްވާއިރު އަންހެނުންނަށް އިހާނެތިކޮށް ހިތުމުގެ ކުރިން އެކަމާއި މެދު ކޮންމެ މީހަކު ވެސް ވިސްނާލަން ޖެހޭ ކަމަށެވެ. އަދި ހަމަ އެފަދައިން އަންހެނަކު ވެސް ފިރިހެނަކަށް އަނިޔާއެއް ދިނުމުގެ ކުރިން އޭނާއަކީ މީހެއްގެ ދަރިއެއް، ބައްޕައެއް އަދި ގާތް އުހުތެއްކަން ދަންނަން ޖެހޭކަން ހުތުބާގައި ފާހަގަ ކުރި އެވެ.

އެއްވެސް މުސްލިމަކު އަނެކާގެ އަބުރާއި ބެހުމާއި އަދި ފުރައްސާރަ ކުރުން ނުވަތަ ހޭރުވުމާއި އިއްފަތްތެރިކަމަށް އަރައިގަނެ އިސްލާމް ދީން ހުއްދަ ނުކުރާ ފާހިޝް ކަންކަން ހިންގުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ އަމަލެއްކަމަށް ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ ހުރިހާ ބާވަތެއްގެ ވެސް އިހާނެތިކަމަކީ އިސްލާމް ދީން މަނާކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި ދޭދޭ އަފްރާދުންގެ މެދުގައި ހިނގާ އަނިޔާގެ އަމަލުތަކުގެ ސަބަބުން، އިޖްތިމާއީ ފޭރާންވީދި މުޖްތަމައުގައި އޮންނަ ސުލްހަމަސްލަސްކަން ބޮއްސުންލައިގެން ދާތަން ބަލަން ނުތިބުމަށް ކަމާއި ބެހޭ މުވައްސަސާތަކަށް ގޮވާލި އެވެ.

މިއީ މުޖްތަމައުގެ އެކުވެރިކަމާއި އެއްބާރުލުން ނެތިގެން ހިނގައިދާނެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އެފަދަ ކަންކަމުގައި ފިޔަވަޅު އެޅުން ލަސްވެ ފަރުވާކުޑަކޮށްފި ނަމަ މުޖްތަމައުގައި އަރާރުންތައް އުފެދި، ދީނީ ގޮތުން ހުއްދަ ނުކުރާ އަމަލުތަކަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމަށެވެ.

ގެވެށި އަނިޔާއަކީ ފިރިން އަނބިންނަށް، ނުވަތަ އަނބިން ފިރިންނަށް، ނުވަތަ މައިންބަފައިން ދަރިންނަށް ފަދަ ގާތް މީހުން އެކަކު އަނެކަކަށް ކުރާ އަނިޔާއަކަށް ވީއިރު މިއީ ހުއްޓުވަން ޖެހޭ ގޯސް އަމަލެއް ކަމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. މި މައްސަލައަކީ މިއަދު މުޅި ދުނިޔެ ގޮވާލާ މައްސަލައަކަށްވެފައި މިއީ ބައިނަލްއަގްވާމީ ބައްދަލުވުންތަކުގައި ވެސް ހަރުއަޑުން ގޮވާލަމުންދާ ބައިނަލްއަގްވާމީ މައްސަލައެއް ކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހުތުބާގައި ބުނީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވަނީ ވަކި ޖިންސެއްގެ ބައެއް ނޫން ކަމަށް ބުނެފައެވެ. އަނިޔާ އަމާޒުވާ ފަރާތްތަކުގެ ތެރޭގައި ސްކޫލު ކުދިންނާއި އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ފިރިހެނުން ހިމެނޭކަމަށް ހުތުބާގައި ވެއެވެ.

އިސްލާމްދީނުގައި މިފަދަ ނޭދެވޭ އަމަލުތައް ހިންގުން ހަރާމް ކަމެއްކަމަށް ވީއިރު މި އަމަލު ހިންގުން ހުއްޓުމަށް ހުތުބާގައި ވަނީ ހަރުއަޑުގޮވާލާފައެވެ. ހާއްސަކޮށް އަންހެނުންނަށް ކުރާ އަނިޠާ ހުއްޓާލުމަށާއި މުޖުތަމައުގައި އަންހެނުންގެ މުހިންމުކަމާއި މެދު ވިސްނުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: